ޚަބަރުރ.އަތޮޅުސިޔާސީ

އެމްޑީޕީގެ ޕްރައިމަރީގައި އުނގޫފާރުން ވާދަކުރަނީ 4 ކެނޑިޑޭޓުން

ޕްރައިމަރީ އޮންނާނީ ކައުންސިލަށް އިންތިހާބުކުރާ 2 މެމްބަރުން ހޮވުމަށް އެކަނި

2020.ވަނަ އަހަރުގެ ލޯކަލްކައުންސިލް އިންތިޚާބުގެ ރަށުކައުންސިލް، އަތޮޅު ކައުންސިލް އަދި ސިޓީ ކައުންސިލް އިންތިޚާބުގައި ވެރިކަންކުރާ ކޯލިޝަންގެ މައިޕާޓީ އެމްޑީޕީގެ ޓިކެޓު ހޯދުމަށް ވާދަކުރާ ކެންޑިޑޭޓުން އިންތިޚާބުކުރުމަށް ބާއްވާ ޕްރައިމެރީއަށް ހުޅުވާލުމާއި ގުޅިގެން ކުރިމަތިލެއްވި ކެންޑިޓޭޓުންގެ ލިސްޓް އެމްޑީޕީން އާއްމުކޮށްފިއެވެ.

އެމްޑީޕީން އެޕާޓީގެ ވެބްސައިޓްގައި އާއްމު ކޮށްފައިވާ ލިސްޓްގައި ވާގޮތުން އުނގޫފާރު ކައުންސިލްގެ ރައީސް ކަމަށް ވާދަކުރުމަށް ކުރިމަތިލާފައިވަނީ އެއްމެ ފަރާތެކެވެ. ކައުންސިލްގެ މެމްބަރު ކަމަށް އެދި ކުރިމަތިލާފައިވަނީ 4 ފަރާތެކެވެ. އަދި އަންހެނުންނަށް ހާއްސަ ކޮށްފައިވާ 2 ގޮނޑިއަށް އެއްވެސް ކެނޑިޑޭޓަކު ޕްރައިމަރީއަށް ކުރިމަތި ލާފައެއް ނުވެއެވެ. ވީމާ އެމްޑީޕީން އެޕާޓީގެ ވެބްސައިޓްގައި އާއްމު ކޮށްފައިވާ ލިސްޓްގައި ވާގޮތުން އުނގޫފާރުގައި އެމްޑީޕީގެ ޕްރައިމަރީ އޮންނާނީ ކައުންސިލަށް އިންތިހާބު ކުރާ ދެމެމްބަރުންގެ ޓިކެޓް ކަނޑައެޅުމަށެވެ.

އެމްޑީޕީގެ ޕްރައިމަރީ އާއި ގުޅޭގޮތުން އުނގޫފާރު ޑޮޓްކޮމް އަށް މައުލޫމާތު ދެއްވަމުން އެޕާޓީގެ ފަރާތުން ބުނެފައިވަނީ ވަގުތު ހަމަވިއިރު އަންހެން ކެނޑިޑޭޓުންގެ ޓިކެޓަށް ކުރިމަތިލާ ދެފަރާތުގެ ނަން ހުށަނޭޅުނީ ކަމަށެވެ. މަސައްކަތް ކުރަމުން މިދަނީ އެ ދެ ކެނޑިޑޭޓުންގެ ކަންކަން ހަމަޖެއްސޭތޯ ކަމަށެވެ.

އެމްޑީޕީގެ ޕްރައިމަރީ އަށް ބަލާއިރު ރ އަތޮޅުން އަލިފުށި، ހުޅުދުއްފާރު، އުނގޫފާރު، ދުވާފަރު، މާކުރަތު އަދި މަޑުއްވަރީގައި އެމްޑީޕީގެ ޕްރަމަރީ އޮންނާނެއެވެ. ޕްރައިމަރީ ބާއްވަން ޖެހޭ އަދަދަށް ކެނޑިޑޭޓުން ކުރިމަތި ނުލުމުގެ ސަބަބުން ޕްރައިމަރީ ނުބާއްވާނީ ވާދޫ، ރަސްގެތީމު، އަނގޮޅިތީމު، ރަސްމާދޫ، އިންނަމާދޫ، އިނގުރައިދޫ ގައެވެ.

ޖެނުއަރީ 30 ވަނަ ދުވަހު ބާއްވާ އެމްޑީޕީގެ ޕްރައިމަރީ ގައި ރަށުކައުންސިލް ތަކަށް ވާދަކުރުމަށް ރ އަތޮޅުން 74 ކެނޑި ޑޭޓުން ކުރިމަތިލާފައި ވާއިރު އެންމެ ގިނަ ކެނޑިޑޭޓުން ކުރިމަތި ލާފައިވަނީ ދުވާފަރުންނެވެ. އެދެރަށުން 12 ކެނޑިޑޭޓުން ރަށުކައުންސިލްގެ ޕްރައިމަރީއަށް ކުރިމަތިލާފައިވެއެވެ. މީދޫ، ފައިނު އަދި ކިނޮޅަސް އަކުން އެއްވެސް ކެންޑިޑޭޓަކު ޕްރައިމަރީއަށް ކުރިމަތި ލާފައެއް ނުވެއެވެ.

މިއިންތިހާބުގައި ރ އަތޮޅު ކައުންސިލްގެ ރައީސް ކަމަށް އެމްޑީޕީން ވާދަ ކޮށްފައިވަނީ މިހާރުވެސް އަތޮޅު ކައުންސިލްގެ ރައީސްގެ މަޤާމުގައި ހުންނެވި އަލީ ޝާހިދު އާއި އާމިރުއެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ފައުންޑަރ މެމްބަރ އަދި ފުރަތަމަ ދެ ދައުރުގެ ރައީސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close