ޚަބަރުރ.އަތޮޅު

ރ.ކޮއްޓެފަރު ރިސޯޓު ހުޅުވައިފި

ރ.އަތޮޅު ކޮއްޓެފަރުގައި ތަރައްޤީކުރި ފަސް ތަރީގެ ރިސޯޓު، ބުރެނިއާ ކޮއްޓަފަރު މޯލްޑިވްސް ހުޅުވައިފިއެވެ.

މި އަހަރު ރާއްޖޭގައި ހުޅުވި ފުރަތަމަ ރިސޯޓު ކަމުގައިވާ ކޮއްޓެފަރު ހުޅުވައި ގެސްޓުންނަށް ޚިދުމަތް ދޭން ފަށާފައި ވަނީ އިއްޔެއެވެ. އެ ރިސޯޓުން ހާމަކުރާ ގޮތުގައި އެ ރިސޯޓުން ޚިދުމަތް ދޭން ފެށި ނަމަވެސް ރިސޯޓު ރަސްމީކޮށް ހުޅުވާނީ މާރޗު މަހުގެ ތެރޭގައެވެ.

ބްރެނިއާ ކޮއްޓެފަރުކޮއހމ ރިސޯޓް – ފޮޓޯ: ފޭސްބުކްފ

ޖުމްލަ 190 ވިލާ ހިމެނޭ މި ރިސޯޓުގައި ބީޗް ވިލާ، ވޯޓާ ވިލާ، ގާޑެން ވިލާގެ އިތުރުން މި ރިސޯޓަށް ޙާއްސަ ބުރެނިއާ ރެސިޑެންސް ވިލާ ވެސް ހިމެނެއެވެ.

މި ރިސޯޓިގައި 3 ރެސްޓޯރެންޓެއް ހިމެނޭ އިރު ރެސްޓޯރެންޓުތައް ޙާއްސަކޮށްފައި ވަނީ ތަފާތު 3 ބާވަތެއްގެކެއުންތައް ލިބޭ ގޮތަށެވެ. އެ ގޮތުން “ލައިމް” ރެސްޓޯރެންޓު އިންޓަނޭޝަނަލް ކެއުންތަކަށް ޙާއްސަކޮށްފައި ވާއިރު، މަންޓާ ރެސްޓޯރެންޓު ޙާއްސަކޮށްފައި ވަނީ އޭސިއާގެ ކެއުންތަކަށެވެ. އަދި ސަންސެޓު ރެސްޓޯރެންޓަކީ ބާބެކިއުއަށް ޙާއްސަ ރެސްޓޯރެންޓެކެވެ.

ބްރެނިއާ ކޮއްޓެފަރުކޮއހމ ރިސޯޓް – ފޮޓޯ: ފޭސްބުކްފ

މީގެ އިތުރުން މި ރިސޯޓުގައި މޫދު ކުޅިވަރަށް ޙާއްސަ ޑައިވިން ސެންޓަރަކާއި ވޯޓާ ސްޕޯޓްސް ސެންޓަރެއް ހުރެއެވެ.

އަލަށް މި މި ހުޅުވި ރިސޯޓުތަކާއެކު ރ.އަތޮޅުގައި އޮޕެރޭޓކުރާ ރިސޯޓުތަކުގެ އަދަދު 13 އަށް ވަނީ އަރާފައެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close