ޚަބަރުރ.އަތޮޅުސިއްޙަތު

ހޮނިހިރު ދުވަހުން ފެށިގެން ޔޫއާރުއެޗްގެ އޯޕީޑީ ހިދުމަތް ފެށޭ ގަޑިތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަނީ

އަންނަ ހޮނިހިރު ދުވަހުން ފެށިގެން އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ އޯޕީޑީގެ ހިދުމަތް ދެމުންގެންދާ ގަޑި ތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަށް އެހޮސްޕިޓަލުން ނިންމާ އެކަން އިއުލާނުކޮށްފިއެވެ.

މިގޮތުން އެހޮސްޕިޓަލުން ގެނެސްފައިވާ ބަދަލުތަކަކީ ހެނދުނު ޑޮކްޓަރުން ބަލިމީހުން ބަލަންފަށާ ގަޑި ތަކަށް ގެނައި ބަދަލުތަކެވެ.

އެގޮތުން މެޑިކަލް އޮފިސަރުން ހެނދުނު 8:00 ޖަހާއިރު ބަލިމީހުން ބަލަން ފާށާނެއެވެ. އަދި Psychiatry ، ENT ،Dermatology، Ophthalmology، Radiology، Dental ގެ ހިދުމަތް ހޮނިހިރު ދުވަހުންފެށިގެން ފަށާނީ ހެނދުނު 8:30 ގައެވެ.

ދެންހުރި ހިދުމަތްތައް ،Gynecology and Obstetrics ،General Surgery ،Orthopedics ،Internal Medicine ،Pediatrics ގެ ހިދުމަތްތައް ފަށާނީ ކުރިއެކޭވެސް އެއްގޮތަށް ހެނދުނު 9:00 ޖަހާއިރުއެވެ.

މި ގެނައި ބަދަލާއެކު ޑޮކްޓަރަށް ދެއްކުމަށް ވަރަށްބޮޑު ލުޔެއް ލިބިގެންދާނެއެވެ. ހާއްސަކޮށް އަތޮޅު ފެރީގެ ކުރިން ޑޮކްޓަރަށް ދެއްކުމަށް އަންނަ ގިނަ ބަޔަކަށާއި ހުސްބަނޑާހުރެ ޓެސްޓްތައް ހަދަން އަންނަ މީހުންނަށް ކިޔުގައި ގިނަ އިރު މަޑުނުކޮށް ޑޮކްޓަރަށް ދެއްކުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

 

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close