ޚަބަރުރ.އަތޮޅުތިމާވެށި

ރ. ލުންދުފުށިންވެސް ވެލިނަގަނީ

ރ އަތޮޅުގެ ގިނަބަޔަކު ދަތުރުގޮސް އުޅޭ ހިތްގައިމު  ލުންދުފުށިންވެސް ގަވާއިދާ ހިލާފަށް ވެލިނަގާ މަންޒަރު ފެންނަ ފޮޓޯތަކެއް އުނގޫފާރު ޑޮޓްކޮމް އަށް ލިބިއްޖެއެވެ.

މިސައިޓުގެ ކިއުންތެރިއަކު ފޮނުވާފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި ވެލިނަގާފައިވަނީ ލުންދުފުށީގެ އުތުރުފަރާތުގައި މިހާރު އޮތް ތުނޑިންނެވެ. އަދި ވެލިބަރުކޮށްގެން އެސަހަރައްދުން އެގަޑީގައި ދަތުރު ކުރަމުން ދިޔަ ދޯންޏެއްގެ ފޮޓޯއެއްވެސް ވަނީ ލިބިފައެވެ.

ލުންދުފުށިން ވެލިނަގާފައި ސަރަހައްދު ފެންނަ ފޮޓޯއެއް

ރ. ވޭވަށުން ވެލިގެނި މައްސަލަ ގެނެސްދިނުމާއެކު މިފަދަ ކަންކަމުގެ ރިޕޯޓް މިވެބްސައިޓައް ކިއުންތެރިންގެ ފަރާތުން ދަނީ ލިބެމުންނެވެ.

ރާއްޖޭގެ އެއްވެސް ރަށެއްގެ ގޮނޑުދޮށުން ވެލިނެގުމަކީ މަނާކަމެކެވެ. އިމާރާތް ކުރުމަށާއި ދިރިއުޅުމުގެ އެކި ބޭނުންތަކަށް ވެލިނެގުމަށް ކޮންމެ އަތޮޅެއްގައިވެސް ހާއްސަކުރެވިފައިވާ  ސަރަހައްދުތަކެއް ނުވަތަ ފަޅުތަކެއްހުރެއެވެ. އެތަންތަނުންވެސް ވެލިނެގޭނެ އުސޫލުތަކެއް އެކުލަވާލާ އާއްމު ކޮށްފައިވެއެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ފައުންޑަރ މެމްބަރ އަދި ފުރަތަމަ ދެ ދައުރުގެ ރައީސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.
avatar
Close