ޚަބަރުރ.އަތޮޅު

ވެލި ބަރުކޮށްގެން ދަތުރުކުރި ރަސްގެތީމު ދޯންޏެއް އަޑިޔަށް ހިނގައްޖެ

ވެލިބަރުކޮށްގެން ދަތުރުކުރަމުންދިޔަ ރ ރަސްގެތީމު ދޯންޏެއް އަޑިޔަށް ހިނގައްޖެއެވެ. މިއަދު މެންދުރު މިދޯނި އަޑިއަށް ގޮސްފައިވަނީ ރ ރަސްގެތީމާއި ދިމާލު ހުނޅަގުން ފާރަފުށި ރިސޯޓާ ދެމެދަށެވެ.

“ހަޒާނާ” ދޯނި އަޑިޔައް ދަނީ / ފޮޓޯ: ކިޔުން ތެރިއެއް

ރަސްގެތީމު “ހަޒާނާ” ދޯނި އަޑިޔައް ދިޔައިރު ދޯނީގައި ތިބީ 2 ދިވެހިންނާއި 2 ބިދޭސީން ކަމަށް މައުލޫމާތު ލިބެއެވެ. މި ދޯނިން ދަތުރު ކުރި މީހުން ސަލާމަތް ކޮށްފާވާއިރު އެސަރަހައްދުގައި ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ. ފުލުހުން ބުނި ގޮތުގައި ރަސްގެތީމަށް ދަތުރުކުރަމުން ދިޔަ އެ ދޯނި ދިޔަވެ އަޑިއަށްދާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައި ވަނީ މިއަދު ހެނދުނު 11:45 ހާއިރު އެވެ.

 

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ފައުންޑަރ މެމްބަރ އަދި ފުރަތަމަ ދެ ދައުރުގެ ރައީސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.
avatar
Close