ޚަބަރުސިޔާސީ

ލޯކަލް ކައުންސިލް އިންތިޚާބު 2020 އެމްޑީޕީ ޕްރައިމަރީގެ ވޯޓާރސް ލިސްޓް އާއްމުކޮށްފި

އުނގޫފާރުގައި ތިބީ ވޯޯޓު ދިނުމުގެ ހައްޤު ލިބިގެންވާ 280 މީހުން

31 ޖަނަވަރީ ވާ (ހުކުރު) ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީ ޕްރައިމަރީގެ ވޯޓާރސް ލިސްޓް އާއްމު ކޮށްފިއެވެ.

4 އެޕްރީލް 2020 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރުމަށް ބޭނުންވާ ފަރާތްތައް ކަނޑައެޅުމަށް ބާއްވާ މި އިންތިހާބު އުނގޫފާރު ގައިވެސް އޮންނާނެއެވެ. އުނގޫފާރުގައި ބާއްވާ ޕްރައިމަރީ ގައި ވާދަކުރަނީ

1- މުހައްމަދު މުނީޒު މޫސާ / މީނާޒު

2- މުހައްމަދިު އަފްލާހް / ދޫނިހުރާ

3- ހުސައިން ފަހުމީ / މަލާޒް

4- އަހުމަދު އަފްސަލް /  ދަހަރާގެ އެވެ. މި 4 ކެނޑިޑޭޓުންވެސް ވާދަމިކުރަނީ އުނގޫފާރު ކައުންސިލް މެމްބަރުކަމުގެ ދެ ގޮނޑީގެ އެމްޑީޕީގެ ޓިކެޓަށެވެ. އެމްޑީޕީގެ ޓިކެޓުގައި އުނގޫފާރު ކައުންސިލްގެ ރައީސް ކަމަށް ވާދަކުރަނީ މުހައްމަދު ސުޒީލް، ޖައުޒާމަންޒިލް ރ. އުނގޫފާރުއެވެ.

މިއަދު އާއްމު ކޮށްފައިވާ މިލިސްޓަށް ޝަކުވާ ހުށަހެޅުމަށް 2 ދުވަހުގެ ފުރަސަތެއް އެމްޑީޕީ އިން ވަނީ ހުޅުވާލާފައެވެ. ލިސްޓުގައި އެއްވެސް މައްސަލައެއް އޮވެގެން ޝަކުވާއެއް ހުށައަޅަން ބޭނުންވުޅުވާ ފަރާތްތަކަށް ޝަކުވާ ހުށަހަޅާ ފޯމް ސެކްރެޓޭރިއަޓުންނާއި އެމްޑީޕީގެ ވެބްސައިޓް www.mdp.org.mv އިން ލިބޭނެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ.

ވޯޓާސްލިސްޓާއިގުޅިގެން ހުށައަޅާ ޝަކުވާ ބަލައިގަތުމުގެ ސުންގަޑި އަކީ 22 ޖަނަވަރީ 2020 ވާ (ބުދަ) ދުވަހުގެ މެންދުރު 14:00 އެވެ. ޝަކުވާ ފޯމް ސެކްރެޓޭރިއަޓް 2 ފަންގިފިލާއިން އަދި mdp.lce2020.vl@gmail.com އަށް އީމެއިލް ކުރެއްވުމުންވެސް ބަލައިގަނެވޭނެ ިއިންތިޒާމު ވަނީ ހަމަޖައްސާފައެވެ.

ވޯޓާރސް ލިސްޓް މިލިންކުން ލިބިވަޑައިގަންނަވާނެ

ޝަކުވާ ފޯމް މިލިންކުން ލިބިވަޑައިގަންނަވާނެ

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ފައުންޑަރ މެމްބަރ އަދި ފުރަތަމަ ދެ ދައުރުގެ ރައީސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close