ޚަބަރުރ.އަތޮޅުސިއްޙަތު

އިންނަމާދޫ ހެލްތު ސެންޓަރުގައި ލެބޯޓްރީގެ ހިދުމަތް ފަށަނީ

ރ. އިންނަމާދޫ ހެލްތު ސެންޓަރުގައި ލެބޯޓްރީގެ ހިދުމަތް ފެށުމަށް ތައްޔާރުވެއްޖެއެވެ. 24 ޖަނަވަރީ 2020 ވާ ހުކުރު ދުވަހުގެރޭ މިހިދުމަތް ރަސްމީކޮށް ފަށްޓަވައި ދެއްވާނީ މިނިސްޓަރ އޮފް ހެލްތު އަލްފާޟިލް އަބްދުﷲ އަމީން އެވެ.

އިންޑަސްޓްރިއަލް ލެވެލްގައި އޮޑިދޯނިފަހަރާއި ލޯންޗާއި ސަފާރީ ބަނުމުގެ މަސައްކަތް ކުރާ އިންނަމާދޫގައި ދިވެހިންނާއެކު ގިނަ އަދަދެއްގެ ބިދޭސީން މަސައްކަތް ކުރެއެވެ. މިދެންނެވި ފަރާތްތަކާި އިންނަމާދޫ ރައްޔިތުންނާއި އަދި މީގެ އިތުރުން އުތުރު ސަރަހައްދުގެ ކުނި މެނޭޖުކުރާ ވަންދޫގައި މަސައްކަތް ކުރާ މުވައްޒަފުންވެސް ފުރަތަމަ ހިދުމަތް ހޯދަނީ އިންނަމާދޫ ހެލްތު ސެންޓަރުންނެވެ.

އިންނަމާދޫ ހެލްތު ސެންޓަރުގައި ލެބޯޓްރީގެ ހިދުމަތް ޤާއިމުކުރުމުގެ މަސައްކަތް ފަށާފައިވަނީ 2017 ވަނަ އަހަރު އިންނަމާދޫ ކައުންސިލުންނެވެ. މިހިދުމަތް މިހާރު މިފަށަނީ ކައުންސިލުން އިމާރާތްކުރި ބަޔަށް ހެލްތު ސެންޓަރުގެ އޮފީސްބައި ބަދަލުކޮށް، ކުރިން އޮފީސް ހިންގިބައިގައި ލެބޯޓްރީގެ ސެޓަޕް ހަދައިގެންނެވެ.

އިންނަމާދޫ ހެލްތު ސެންޓަރުގައި ލެބޯޓަރީއެއް ޤާއިމު ކުރުމަށް ބަޔަކާ ހަވާލުކޮށްފި

ލެބޯޓްރީގެ ހިދުމަތް ފެށުން ވެގެންދާނީ އިންނަމާދޫ ރައްޔިތުންގެ އިތުރުން އެފަރާތްތަކަށްވެސް ލިބިގެންދާ ވަރަށްބޮޑު ލުއި ފަސޭހައަކަށެވެ. އިންނަމާދޫ ސިއްހީ މަރުކަޒަކީ ދުވާލަކު 8 ގަޑިއިރު ހިދުމަތް ދެމުންދާ ސިއްހީ މަރުކަޒެކެވެ. އިންނަމާދޫ ރައްޔިތުންގެ އުއްމީދަކީ ލެބޯޓްރީގެ ހިދުމަތާއެކު ސިއްހީ މަރުކަޒުގެ ހިދުމަތްދޭ ވަގުތު އިތުރުވެގެން ދިއުމެވެ.

 

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close