ޚަބަރުރ.އަތޮޅުސިއްޙަތު

ޔޫއާރުއެޗްގެ ޕްރައިވެޓް ރޫމްތައް ހޮނިހިރު ދުވަހު ހުޅުވަނީ

މިއީ އަތޮޅު ތެރޭ ހުޅުވާ އެއްމެ ފެންވަރު ރަނގަޅު ޕްރައިވެޓް ރޫމްތައް

ސަރުކާރުން ޓާޝިއަރީ ފެންވަރަށް ތަރައްޤީ ކުރުމަށް ނިންމައިފައިވާ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި އިމާރާތް ކޮށްފައިވާ ޕްރައިވެޓް ރޫމުތައް ހޮނިހިރު ދުވަހު ހުޅުވާނެއެވެ. 25 ޖެނުއަރީ 2020 ވާ ހޮނިހިރު ދުވަހު މިރޫމްތައް ހުޅުއްވައި ދެއްވާނީ މިނިސްޓަރ އޮފް ހެލްތު އަލްފާޟިލް އަބްދުﷲ އަމީންއެވެ.

އުނގޫފާރު ރީޖަނަލް ހޮސްޕޓަލްގައި އިމާރާތް ކޮށްފައިވާ ޕްރައިވެޓް ވޯޑްގައި ވީއައިޕީ އެއްކޮޓަރިއާއެކު ޖުމުލަ 6 ކޮޓަރި ހިމެނެއެވެ. މި ރޫމުތަކުގައި ބަލިމީހާގެ އިތުރުން އެހީތެރިޔާއަށް އެނދެއް އަދި ސޯފާއެއް އަދި ވީއައިޕީ ރޫމުގައި ސޯފާސެޓެއް ހުރެއެވެ. މީގެ އިތުރުން ޓީވީ އާއި ފޯނުގެ ހިދުމަތާއި މިނީބާ ފަދަ ހިދުމަތްތައް ލިބެން ހުރެއެވެ.

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ޕްރައިވެޓް ރޫމް އިމާރާތް ކޮށްދޭނެ ފަރާތެއް ހޯދަނީ

އުނގޫފާރު ޑޮޓްކޮމް އަށް މައުލޫމާތު ދެއްވަމުން އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ މެނޭޖަރ ހެލްތްސަވިސް އަލްފާޟިލް އިބްރާހީމް ޒަޔާން ވިދާޅުވީ މިހާރު ކުރިއަށްދަނީ ޕްރައިވެޓް ރޫމްތައް ހުޅުވުމަށް ވާންޖެހޭ އެއްމެ ފަހުގެ ތައްޔާރީތައް ކަމަށެވެ. އެގޮތުން މިހާރު އެއްމެ އިސްކަމެއްދީގެން ކުރިއަށްދަނީ ރޫމުތައް ސާފު ކުރުމުގެ މަސައްކަތްކަމަށާއި ރޭވިފައިވާ ގޮތަށް ހުރިހައި ކަމެއްދާނަމަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ހުރިހައި ކަމެއް ނިންމާލެވޭނެ ކަމަށެވެ. އަދި މިމަސައްކަތްތައް މިހާރަނގަޅަށް ކުރިއަށް މިދަނީ މުވައްޒފުންގެ އެކުވެރިކަމާއި އެއްބައިވަންތަ ކަމުގެ ސަބަބުންކަމަށެވެ. އަދި މިފުރުސަތުގައި ހުރިހައި މުވައްޒަފުންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރާ ކަމަށެވެ.

ހޮނިހިރު ދުވަހު ރޫމުތައް ހުުޅުވަން ހަމަޖެހިފައިވާއިރު މި ރޫމުތަކުގެ އަގު އެހޮސްޕިޓަލުން އަދި ހާމަކޮށްފައެއްނުވެއެވެ. މިރޫމްތަކުގެ ހިދުމަތް ފެށުން ވެގެންދާނީ މިހާރުވެސް މިހޮސްޕިޓަލުން ހިދުމަތްހޯދަމުންދާ ފަރާތްތަކަށް ލިބިގެންދާނެ ވަރަށްބޮޑު ހިތްހަމަ ޖެހުމަކަށެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close