ޚަބަރުރ.އަތޮޅުވިޔަފާރި

2019 ގެ 4 ވަނަ ކުއާޓަރުގެ ޖީ.އެސް.ޓީ ބަޔާން ހުށަހެޅުމުގެ ސުންގަޑި ހަމަވަނީ

2019 ގެ 4 ވަނަ ކުއާޓަރުގެ ޖީ.އެސް.ޓީ ބަޔާން ހުށަހެޅުމުގެ ސުންގަޑި 28 ޖަނަވަރީ 2020 އަންގާރަ ދުވަހު ހަމަވާނެއެވެ.  މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީގައި ޖީ.އެސް.ޓީއަށް ރަޖިސްޓްރީވެފައިވާ ހުރިހާ ވިޔަފާރިތަކުން މިކުއާޓަރުގެ ޖީ.އެސް.ޓީ ބަޔާން މިމަހުގެ 28 ގެ ނިޔަލަށް ހުށައަޅަން ޖެހޭނެއެވެ. ޖީ.އެސް.ޓީއަށް ރަޖިސްޓްރީ ވެފައިވާ ފަރާތަކުން ވިޔަފާރި ކުރިއަށް ނުދާކަމުގައިވިޔަސް ބަޔާން ހުށަހަޅަންޖެހޭނެއެވެ. ހަތަރުވަނަ ކުއާޓަރުގައި ހިމެނެނީ އޮކްޓޯބަރ، ނޮވެމްބަރ އަދި ޑިސެމްބަރ މަހެވެ.

 

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއިން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، ޖީ.އެސް.ޓީ ބަޔާންތައް ބަލައިގަންނާނީ މީރާގެ ކައުންޓަރުތަކުންނާއި، މީރާގެ ސެންޓަރެއް ނެތް އަތޮޅުތަކުގައި އެއަތޮޅެއްގެ އަތޮޅު ކައުންސިލުންނެވެ. އަދި މީރާ ކަނެކްޓް މެދުވެރިކޮށް އޮންލައިންކޮށް ބަޔާން ހުށަހެޅުމުގެ ފުރުޞަތު ލިބިގެންދެއެވެ.  މީރާ ކަނެކްޓުގައި ރަޖިސްޓްރީވުމަށްޓަކައި ހުށަހަޅަންޖެހެނީ  MIRA 111 “މީރާ ކަނެކްޓް އެކައުންޓް ރިކުއެސްޓް” ފޯމެވެ.

 

މީރާގެ އުނގޫފާރު ސެންޓަރު ހުޅުވިފައި ހުންނަނީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8 ން މެންދުރު ފަހު 16:00 އަށެވެ.

 

ސުންގަޑީގެ ފަހުން ބަޔާން ހުށަހަޅާ ވިޔަފާރިތަކުން ޖޫރިމަނާއާއި ކުރިމަތިލާން ޖެހުމަކީ ބައެއް ވިޔަފާރިވެރިންގެ ކިބައިން އަޑުއިވޭ ވާހަކަތަކެކެވެ. އެހެންކަމުން ސުންގަޑިއަށް މަޑުނުކުރައްވާ ބަޔާން ހުށަހެޅުއްވުމަކީ ވަރަށް މުހިންމުކަމެއް ކަމުގައި ދެކެމެވެ. ޖީ.އެސް.ޓީ ބަޔާނުގެ ގޮތުގައި ހުށަހަޅަން ޖެހެނީ MIRA205  ފޯމެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close