
މިނިސްޓަރ އޮފް ހެލްތު އަލްފާޟިލް އަބްދުﷲ އަމީން މިއަދު އުނގޫފާރަށް ވަޑައިގަންނަވާނެއެވެ. މިނިސްޓަރ އުނގޫފާރަށް މިވަޑައިގަންނަވަނީ އިންނަމާދޫ ހެލްތު ސެންޓަރުގައި ލެބޯޓްރީގެ ހިދުމަތް ތައާރަފް ކޮށްދެއްވުމަށާއި އުނގޫފާރު ރީޖަނަލް ހޮސްޕޓަލްގައި އިމާރާތްކޮށްފައިވާ ޕްރައިވެޓް ރޫމުތައް ހުޅުވައި ދެއްވުމަށް ކުރައްވާ ދަތުރު ފުޅެއްގައެވެ.
މައުލޫމާތު ލިބިފައިވާގޮތުން މިނިސްޓަރ އުނގޫފާރަށް ވަޑައި ގަންނަވާނީ މިއަދު މެންދުރު ފަހުއެވެ. އިންނަމާދޫ ހެލްތު ސެންޓަރުގެ ލެބޯޓްރީގެ ހިދުމަތް އިފްތިތާހު ކޮށްދެއްވުން އޮންނާނީ މިރޭ 20:30 ގައެވެ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ ޕްރައިވެޓް ރޫމުތައް ހުޅުވައިދެއްވުން އޮންނާނީ މާދަމާ ހެނދުނު 10:00 ގައެވެ.