ޚަބަރުރ.އަތޮޅުސިޔާސީ

އެމްޑީޕީގެ ކެމްޕެއިންޓީމު މިއަދު މެންދުރު ފަހު އުނގޫފާރަށް

ލޯކަލް ކައުންސިލް އިންތިހާބު 2020

ލޯކަލް ކައުންސިލް އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ން އަތޮޅުތަކަށް ކުރާދަތުރުގެ ތެރެއިން ރ އަތޮޅު ކެމްޕެއިން ޓީމު މިއަދު މެންދުރުފަހު އުނގޫފާރަށް ޒިޔާރަތް ކުރާނެއެވެ.

މިދަތުރުގައި މިޓީމު އުނގޫފާރުގައި ދޮރުންދޮރަށް ހިނގުމާއި ކެނޑިޑޭޓުންނާއި ކެމްޕެއިންޓީމާއި އަދި ޕާޓީގެ ފަރާތްތަކާއި ބައްދަލުކުރަން ހަމަޖެހިފައިވާކަމަށް އެޕާޓީން މައުލޫމާތުދެއެވެ. މިޓީމުގައި ރ އަތޮޅުގެ މަޖިލިސް މެމްބަރުންނާއި ސަރުކާރުގެ އެކިއެކި ސިޔާސީ މަޤާމުތަކަށް އައްޔަނުކޮށްފައިވާ ފަރާތްތަކުން ބައިވެރިވެއެވެ.

ރ އަތޮޅުގެ ހުރިހައި ރަށަކަށް ކުރަމުންދާ މިދަތުރު ނިންމާލުމުގެ ކުރިން ބާއްވާ ވޯކްޝޮޕް އޮންނާނީ ހޮނިހިރު ދުވަހު (މާދަމާ) ރ ދުވާފަރުގައެވެ. މިވޯކްޝޮޕްގައި އެމްޑީޕީގެ ކެނޑިޑޭޓުންނާއި ދާއިރާތަކާއި ގޮފި ތަކުގެ ރައީސުންނާއި ކެމްޕެއިން ޓީމުތައް ބައިވެރިވާނެއެވެ.

ލޯކަލް ކައުންސިލްގެ އިންތިހާބުގެ ޓިކެޓް ދިނުމަށް ބާއްވާ އެމްޑީޕީގެ ޕްރައިމަރީ އޮންނާނީ އަންނަ ހުކުރު ދުވަހުއެވެ.

ލޯކަލް ކައުންސިލް އިންތިޚާބު 2020 އެމްޑީޕީ ޕްރައިމަރީގެ ވޯޓާރސް ލިސްޓް އާއްމުކޮށްފި

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar

ކިޔާލުން ރަނގަޅު

Close
Close