ޚަބަރުރ.އަތޮޅު

ޔޫއާރްއެޗްގެ ޕްރައިވެޓް ރޫމްތައް ހުޅުވައިފި

ސަރުކާރުން ޓާޝިއަރީ ފެންވަރަށް ތަރައްޤީ ކުރުމަށް ނިންމައިފައިވާ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި އިމާރާތް ކޮށްފައިވާ ޕްރައިވެޓް ރޫމުތައް ހުޅުވައިފިއެވެ. މި ރޫމްތައް ރަސްމީކޮށް ހުޅުއްވައި ދެއްވީ ހޮނިހިރު ދުވަހު އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ބޭއްވި ޙާއްސަ ރަސްމިއްޔާތެއްގެ ހެލްތު މިނިސްޓަރ އަބްދުﷲ އަމީންއެވެ.

އުނގޫފާރު ރީޖަނަލް ހޮސްޕޓަލްގައި އިމާރާތް ކޮށްފައިވާ ޕްރައިވެޓް ވޯޑްގައި ވީއައިޕީ އެއްކޮޓަރިއާއެކު ޖުމުލަ 6 ކޮޓަރި ހިމެނެއެވެ. މި ރޫމުތަކުގައި ބަލިމީހާގެ އިތުރުން އެހީތެރިޔާއަށް އެނދެއް އަދި ސޯފާއެއް އަދި ވީއައިޕީ ރޫމުގައި ސޯފާސެޓެއް ހުރެއެވެ. މީގެ އިތުރުން ޓީވީ އާއި ފޯނުގެ ހިދުމަތާއި މިނީބާ ފަދަ ހިދުމަތްތައް ލިބެން ހުރެއެވެ.

މި ކޮޓަރިތައް ހުޅުވުން ވެގެން ދާނީ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން ޚިދުމަތް ހޯދާ ފަރާތްތަކަށް ލިބިގެންދާނެ ވަރަށް ބޮޑު ފަސޭހައަކަށެވެ. މި ކޮޓަރިތައް ދޫކުރާ އަގުތައް އަދި އެ ހޮސްޕިޓަލުން ހާމައެއް ނުކުރެއެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close