ޚަބަރު

އުފާގެ ހިންގާ ކޮމިޓީގެ އިންތިހާބީ މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

އުނގޫފާރު ފޯސްޓަރިން އެވެއާނެސް އެސޯސިއޭޝަން (އުފާ) ގެ އިންތިޚާބީ މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މި މަޤާމުތަކަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލާފައި ވަނީ އުފާގެ ފުރަތަމަ ދައުރުގައި ފާސްކުރެވުނު އުފާގެ ހިނގާ ކޮމިޓީގެ އައު އޮނިގަނޑުގެ ދަށުންނެވެ.

އުފާގެ ހިންގާ ކޮމިޓީގެ އޮނިގަނޑަށް ގެނެވުނު އިސްލާހުތަކާ އެކު އުފާ ހިންގަމުން ގެންދާނީ 5 މެންބަރުންގެ މައްޗަށް އެކުލެވޭ ޑިރެކްޓަރުންގެ ބޯޑަކުންނެވެ. މި ބޯޑުގައި އުފާގެ އެންމެ އިސް ވެރިއެއްގެ ގޮތުގައި ހުންނަވާނީ ޑިރެކްޓާރ ޖެނެރަލް އެވެ. އަދި އުފާގެ މަސައްކަތްތައް ބަހާލެވިފައިވާ މައިގަނޑު 3 ދާއިރާ ކަމުގައިވާ ސްޕޯޓްސް، އެޑިއުކޭޝަން އެންޑް ވިމެން އެމްޕަވަރމެންޓް އަދި އިންފޮމޭޝަން މި 3 ދާއިރާގެ ތެރެއިން ކޮންމެ ދާއިރާއަކަށް ޑިރެކްޓަރަކާއި އުފާގެ ފިނޭންސް އެންޑް އެޑްމިނިސްޓްރޭޝަން ކަންތަކުގެ އެންމެ އިސްވެރިއަކަށް ޑިރެކްޓަރަކު އިންތިޚބު ކުރެވޭނެއެވެ.

އަދި މީގެ އިތުރުން ޑިރެކްޓާރ ޖެނެރަލް ފިޔަވާ ދެން ތިއްބަވާ 4 ޑިރެކްޓަރުންގެ ތެރެއިން ކޮންމެ ޑިރެކްޓަރަކަށް އެސިސްޓެން ޑިރެކްޓަރެއް ވެސް ހިންގާ ކޮމިޓީގެ އައު އޮނިގަނޑުގެ ދަށުން އިންތިޚާބު ކުރެވޭނެއެވެ. އަދި އުފާގެ ރެޖިސްޓާރ އެންޑް ސެކްރަޓަރީގެ މަޤާމަށް 3 ބޭފުޅަކު އިންތިހާބު ކުރެވޭނެއެވެ.

އުފާގެ ހިންގާ ކޮމިޓީގެ އިންތިހާބީ މަޤާމުތައް:

  • ޑިރެކްޓާރ ޖެނެރަލް
  • ސްޕޯޓްސް ޑިރެކްޓާރ
  • އިންފޮމޭޝަން ޑިރެކްޓަރ
  • އެޑިއުކޭޝަން އެންޑް ވިމެން އެމްޕަވަރމެންޓް ޑިރެކްޓާރ
  • ފިނޭންސް އެންޑް އެޑްމިނިސްޓްރޭޝަން ޑިރެކްޓާރ
  • އެސިސްޓެންޓް ސްޕޯޓްސް ޑިރެކްޓަރ
  • އެސިސްޓެންޓް އިންފޯމޭޝަން ޑިރެކްޓާރ
  • އެސިސްޓެންޓް އެޑިއުކޭޝަން އެންޑް ވިމެން އެމްޕަވަރމެންޓް ޑިރެކްޓާރ
  • އެސިސްޓެންޓް ފިނޭންސް އެންޑް އެޑްމިނިސްޓްރޭޝަން ޑިރެކްޓާރ
  • ސެކްރެޓްރީ އަދި ރަޖިސްޓްރާ (3 ބޭފުޅުން)

އުފާއިން މަޢުލޫމާތުދޭ ގޮތުގައި މި މަޤާމުތަކަށް މީހުން ހޮވާނީ އުފާގެ މެންބަރުންގެ މެދުގައި ނެގޭ ސިއްރު ވޯޓަލުން ކަމަށާއި އަދި އުފާގެ އިންތިހާބު މި ފެށޭ ފެބްރުއަރީ 3 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. އުފާއިން ހާމަކުރި ގޮތުގައި އުފާގެ ހިންގާ ކޮމެޓީގެ މެންބަރު ކަމަށް ކުރިމަތިލާ ފަރާތްތަކުގެ ހުންނަން ޖެހޭ ޝަރުތުތަކަކީ އުފާގެ މެންބަރެއް ކަމުގައި ވުމާއި، އުމުރުން 18 އަހަރާއި 55 އަރާ ދެމެދުގެ މީހަކަށް ވުމުގެ އިތުރުން އެހެން އިތުރު ޖަމިއްޔާއެއްގެ ހިންގާ ކޮމެޓީގެ މެންބަރެއް ކަމުގައި ނުވުމެވެ.

އުފާ އިން މަޢުލޫމާތުދޭ ގޮތުގައި އުފާގެ މެންބަރުންގެ ތެރެއިން މަތީގައިވާ މަޤާމުތަކަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން އެފަރާތެއްގެ ވަނަވަރާއި ކުރިމަތިލާ މަޤާމު އިނގޭނޭ ގޮތަށް އައިޑީކާޑުގެ ކޮޕީއަކާ އެކު އުފާގެ އީމެއިލް ufaamaldives@gmail.com  އަށް އީމެއިލްކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފައެވެ. އަދި މި މަޤާމުތަކަށް ކުރިމަތިލުމުގެ ސުންގަޑިއަކީ 30 ޖަނަވަރީ ވާ ބުރާސްފަތި ދުވަހުގެ މެންދުރު 14:00 ކަމުގައި އުފާއިން މަޢުލޫމާތުދެއެވެ.

އުފާގެ ނައިބު ރައީސް ޙަސަން ފަޒީލް މަޢުލޫމާތު ދެއްވި ގޮތުގައި އުފާގެ ހިންގާ ކޮމިޓީގެ އޮނިގަނޑަށް މި ގެނެވުނު އިސްލާހުތަކުގެ އަމާޒަކީ އުފާގެ ހިންގުން އެތައް ގުނައެއް ވަރުގަދަވެ، އުފާއިން ހިންގާ ހަރަކާތްތައް އިތުރަށް ފުރިހަމަވެ، ފުޅާވެގެން ދިއުމެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close