ޚަބަރުރ.އަތޮޅު

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން ދުވާފަރު ޕްރައިމަރީ ސްކޫލް ގްރޭޑް 6 ގެ ދަރިވަރުންނަށް މަޢުލޫމާތުދީފި

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހެދިފައިވާ ޤަވާއިދުތަކާއި މަގުމަތީގެ ރީތި އަދަބުތަކަށް ސްކޫލްތަކުގެ ދަރިވަރުން އަހުލުވެރިކޮށް މަޢުލޫމާތު ދިނުމަށް ފުލުހުން ކުރަމުންދާ މަސަައްކަތްތަކުގެ ތެރެއިން، ރ. ދުވާފަރު ޕްރައިމަރީ ސްކޫލްގެ ގްރޭޑް 6 ގެ ދަރިވަރުންނަށް މަޢުލޫމާތު ދިނުމުގެ ސެޝަނެއް ދުވާފަރު ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންގޮސްފިއެވެ.

މި ހިނގާ ޖަނަވަރީ މަހުގެ 26 ވަނަ ދުވަހު ކުރިއަށް ގެންދިިިިިޔަ މި ސެޝަންގައި، މަގުމަތީގައި ހިނގާބިނގާވެ އުޅުމުގައި ދަރިވަރުން ސަމާލުކަންދޭންވީ ކަންތައްތަކާ ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ.

އެގޮތުން މަގުމަތީގައި އުޅޭ އިރު އެެހެން މީހުންނަށް އުނދަގޫ ނުވާނެގޮތަށް އުޅުމާއި ދުއްވާ އެއްޗިއްސަށް ސަމާލުކަންދިނުމަށް ނަސޭހަތްތެރިވެފައިވެއެވެ. އަދި އެކްސިޑެންޓްތައް ހިނގަން މެދުވެރިވާ ސަބަބުތަކާއި އެކްސިޑެންޓްތައް މަދުކުރުމަށް ދަރިވަރުންނަށް ކުރެވިދާނެ ކަންތައްތަކާއި އެކްސިޑެންޓެއް ހިނގައިފި ނަމަ އަމަލުކުރާނެގޮތްތައް ދަރިވަރުންގެ އުމުރާ ގުޅޭގޮތަށް ބުނެދީފައިވެއެވެ.

މީގެ އިތުރުން ބައިސްކަލު ދުއްވުމުގައި ސަމާލުކަންދޭންވީ ކަންތައްތަކާއި ޓްރެފިކް ނިޝާންތަކަކީ ކޮބައިކަން ބުނެދީ އެ ނިޝާންތަކަށް އަމަލުކުރާނެ ގޮތްތައް ބުނެދީފައިވެއެވެ.

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ސްކޫލްތަކުގެ ދަރިވަރުން އަހުލުވެރި ކުރުވުމަށް ސިލްސިލާކޮށް މިފަދަ ޕްރޮގްރާމްތައްދަނީ ހިންގަމުންނެވެ.

މަސްދަރު / ޕޮލިސްލައިފް

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ފައުންޑަރ މެމްބަރ އަދި ފުރަތަމަ ދެ ދައުރުގެ ރައީސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close