ޚަބަރުސިޔާސީ

އެމްޑީޕީ ޕްރައިމަރީ – އުނގޫފާރު ވޯޓުފޮށި ފްލެޓް ގައި

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރުމަށް އެމްޑީޕީން ޓިކެޓް ދިނުމަށް ބާއްވާ އެޕާޓީގެ ޕްރައިމަރީގެ ވޯޓުލުން މާދަމާ މެންދުރުފަހު 14:30 ގައި ފެށިގެން ކުރިއަށްދާނެއެވެ. މިއިންތިހާބުގެ ވޯޓު ލުން މާލެއާއި ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހައި ރަށެއްގައި ކުރިއަށްދާނެއެވެ.

އެމްޑީޕީ އުނގޫފާރު މެމްބަރުން ވޯޓުލާނީ އުނގޫފާރު ކައުންސިލްގެ ދެމެމްބަރުން ނަށް ޓިކެޓް ދިނުމަށް ނަގާ ވޯޓާއި ރ އަތޮޅު ކައުންސިލްގެ ރައީސްގެ ޓިކެޓް ކަނޑައެޅުމަށް ނަގާ ވޯޓުގައެވެ.

މިއިންތިހާބުގައި ވޯޓު ދިނުމުގެ ހައްޤު ލިބިގެންވާ އުނގޫފާރު ރައްޔިތުން އުނގޫފާރުގައި ވޯޓުލުމަށް ހަމަޖެހިފައިވަނީ ފްލެޓް ގައި ބަހައްޓާ ވޯޓު ފޮށްޓަށެވެ. ވޯޓު ލުން ކުރިއަށްދާނީ މާދަމާގެ މެންދުރުފަހު 14:30 ރޭގަނޑު 19:30 އަށެވެ. މިއިންތިހާބުގައި އެމްޑީޕީގެ އުނގޫފާރު މެމްބަރުންނަށް ވޯޓުލެވޭނީ މާލޭގައި އިސްކަންދަރު ސްކޫލުގައި ބަހައްޓާފައިވާ ފޮށްޓަށާއި އުނގޫފާރުގައި ބަހައްޓާ ފޮށްޓަށެވެ.

އެމްޑީޕީ ޕްރައިމަރީ – ރ އަތޮޅު މާލޭ ވޯޓުފޮށި ހުންނާނީ އިސްކަންދަރު ސްކޫލްގަ

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar

ކިޔާލުން ރަނގަޅު

Close
Close