ޚަބަރު

ޔޫއާރްއެޗް ގައި އަންހެން ގައިނީއެއް ޚިދުމަތް ދޭން ފަށައިފި

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް (ޔޫއާރްއެޗް) ގައި އަންހެން ގައިނީއަކު މިއަދު ޚިދުމަތް ދޭން ފަށައިފިއެވެ. ޔޫއާރްއެޗް އަށް އަލަށް ގުޅިފައި މި ވަނީ ނޭޕާލްގެ ޑޮކްޓަރެކެވެ.

ޔޫއާރްއެޗްގައި އަންހެން ގައިނީއަކު ޚިދުމަތް ދޭން ފަށާފައި މި ވަނީ އަންހެން ގައިނީ އަކު ނެތި ގިނަ ދުވަސްތަކެއް ވުމަށް ފަހުއެވެ. އަންހެން ގައިނީ އަކު ނެތުމުން މި ހޮސްޕިޓަލުން ޚިދުމަތް ހޯދާ ގިނަ ބަޔަކު ދިޔައީ މިކަމާ މެދު ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން ރ.އަތޮޅާ އެކު 4 އަތޮޅެއްގެ ރައްޔިތުން ޚިދުމަތް ހޯދަމުން އަންނަ އިރު ސަރުކާރުން ވަނީ މި ހޮސްޕިޓަލު ޓާޝިއަރީ ފެންވަރަށް ތަރައްޤީ ކުރުމަށް ނިންމާފައެވެ. އެއާއެކު ޔޫއާރްއެޗް އަށް ގިނަ ޚިދުމަތްތަކެއް މި އަހަރު ވެސް ތައާރަފުވެގެން ދާނެ ކަމަށް އެ ހޮސްޕިޓަލުން މަޢުލޫމާތުދެއެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close