ޚަބަރު

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ ސީޓީ ސްކޭން ރޫމްގެ މަސައްކަތް ފަށައިފި

ސަރުކާރުން މަތީފަންތީގެ ސިއްހީ ހިދުމަތް ދިނުމަށް ތައްޔާރުވަމުންދާ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގައި ކޮމްޕިއުޓަރައިޒްޑް ޓޮމޮގްރަފީ ސެކޭން، ސީޓީ ސްކޭން ބަހައްޓާ ރޫމުގެ މަސައްކަތް އިއްޔެ ފަށައިފިއެވެ.

މިމަސައްކަތް އިއްޔެ ފަށާފައިވާއިރު މިމަސައްކަތައްބޭނުންވާ ލެޑް ޖެނުއަރީ މަހު ހޮސްޕިޓަލަށް ވަނީ ގެނެސްފައެވެ. މިމަސައްކަތް 32 ދުވަހުގެތެރޭގައި ކޮށްނިންމުމަށް 1.02 މިލިއަންރުފިޔާ އަށް، 20 ޖެނުއަރީ 2020 ގައި ހަވާލު ކޮށްފައިވަނީ އޮސްޓްރޮވީ ޕްރައިވެޓް ލިމިޓެޑް އާއިއެވެ.

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން ރ.އަތޮޅާ އެކު 4 އަތޮޅެއްގެ ރައްޔިތުން ޚިދުމަތް ހޯދަމުން އަންނަ އިރު ސަރުކާރުން ވަނީ މި ހޮސްޕިޓަލު ޓާޝިއަރީ ފެންވަރަށް ތަރައްޤީ ކުރުމަށް ނިންމާފައެވެ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަކީ މާލެ ފިޔަވާ ރާއްޖޭގައި 2 ވަނަ އަށް އެންމެ ގިނަ ބަޔަކު ޚިދުމަތް ހޯދާ ހޮސްޕިޓަލުކަން ފާހަގަކޮށްލަން ޖެހެއެވެ.

ޔޫއާރްއެޗް އަށް ގިނަ ޚިދުމަތްތަކެއް މި އަހަރު ވެސް ތައާރަފުކުރުމަށް ބަޖެޓު ކުރެވިފައި ވާއިރު އެ ހޮސްޕިޓަލުން މަޢުލޫމާތު ދޭ ގޮތުގައި އަލަށް ފެށުމަށް ތައްޔާރުވަމުންދާ ސީޓީ ސްކޭންގެ ޚިދުމަށް އަންނަ މާރޗް މަހު ތެރޭގައި ފެށޭ ވަރު ވާނެއެވެ.

 

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close