ޚަބަރުރ.އަތޮޅުސިޔާސީ

އެމްޑީޕީ ޕްރައިމަރީގެ ވަގުތީ ނަތީޖާ – ރ އަތޮޅު ކައުންސިލް ރައީސްގެ ޓިކެޓް އަލީ ޝާހިދަށް

އެމްޑީޕީގެ ޓިކެޓުގައި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ރ.އަތޮޅު ރައީސް ކަމަށް ވާދަކުރާނެ ކެނޑިޑޭޓެއް ހޮވުމަށް 31 ޖެނުއަރީ 2020 ގައި ބޭއްވި ޕްރައިމަރީ ރ.އަތޮޅު ކައުންސިލްގެ މިހާރުގެވެސް ރައީސް އަލީ ޝާހިދު ކާމިޔާބުކުރެއްވިކަން އެޕާޓީން އިއުލާނު ކޮށްފިއެވެ. އަލީ ޝާހިދަށް އިންތިހާބު ކާމިޔާބުވިކަން އިއުލާނު ކޮށްފައިވަނީ މިއަދު އެޕާޓީން އާންމުކުރި ވަގުތީ ނަތީޖާގައެވެ.

އެމް.ޑީ.ޕީން އާންމު ކުރައްވާފައިވާ ވަގުތީ ނަތީޖާ ދައްކާގޮތުން، ޢަލީ ޝާހިދު މި ޕްރައިމަރީ ކާމިޔާބު ކުރައްވާފައިވަނީ 1536 ވޯޓުންނެވެ. އާމިރު އަޙުމަދަށް ލިބިލައްވާފައިވަނީ 1178 ވޯޓެވެ. މިއީ 358 ވޯޓުގެ ތަފާތެކެވެ.

އެމްޑީޕީގެ ޓިކެޓުގައި ރ.އަތޮޅު ކައުންސިލްގެ ރައީސްކަމަށް ކުރިމަތިލާނެ ފަރާތެއް ހޮވުމަށް ވާދަކޮށްފައި އަލީ ޝާހިދުގެ އިތުރުން އަހުމަދު އާމިރެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar

ކިޔާލުން ރަނގަޅު

Close
Close