ސިޔާސީ

ޕީޕީއެމް ޕްރައިމަރީގެ ވޯޓުލުން މާދަމާ

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ޕްރޮގުރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ޓިކެޓުގައި ވާދަކުރާނެ ކެނޑިޑޭޓުން ކަނޑައެލުމަށް ބާއްވާ ޕްރައިމެރީގެ ވޯޓުލުން މާދަމާ ކުރިއަށް ދާނެއެވެ. އުނގޫފާރުގައި ވޯޓުލުން ކުރިއަށް ދާނީ ޕީޕީއެމްގެ ޖަގަހާގައެވެ.

އުނގޫފާރު ކައުންސިލްގެ ރައީސްކަމަށް ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރުމަށް ހުށައަޅާފައި ވަނީ އުނގޫފާރު ކައުންސިލްގެ މިހިނގާ ދައުރުގެ މެމްބަރު ޙުސެއިން އާސިފް އެކަންޏެވެ. އަދި އަންހެންނުންނަށް ޙާއްސަ 2 ގޮނޑިއަށް ޕީޕީއެމް ޓިކެޓުގައި ވާދަކުރުމަށް ހުށައަޅާފައި ވަނީ އައިޝަތު ސުފައިލާ، އައްސޭރި ރ.އުނގޫފާރު އަދި ނަޒީރާ ރަޝީދު، އަސުރުމާގެ ރ.އުނގޫފާރެވެ. މި ގޮނޑިތަކަށް އިތުރު ބަޔަކު ވާދަ ނުކުރާތީ މި ފަރާތްތަކަށް ވަނީ ޕްރައިމަރީއަކާ ނުލާ ޓިކެޓު ކަށަވަރުވެފައެވެ.

އުނގޫފާރު ކައުންސިލްގެ ބާކީ 2 ގޮނޑިއަށް ޕީޕީއެމް ޕްރައިމަރީގައި ތިން ފަރާތަކުން ވާދަކުރާނެއެވެ. އެއީ ޔޫޝައު ނަސީމް، ޒެފިރު، ރ.އުނގޫފާރު، ޙަސަން އިރުފާން، ފަޒާ، ރ،އުނގޫފާރު އަދި އަބްދުލް ލަޠީފް އިސްމާއިލް، ވައިލެޓްފެހި، ރ.އުނގޫފާރު އެވެ.

ރަށު ކައުންސިލްގެ އިތުރުން އަތޮޅު ކައުންސިލަށް ޕީޕީއެމް ޓިކެޓުގައި ވާދަކުރާނެ ފަރާތެއް ހޮވުމަށް ބާއްވާ ޕްރައިމަރީ މާދަމާ ކުރިއަށް ދާނެއެވެ. ރ.އަތޮޅު ރައީސްކަމަށް ޕީޕީއެމް ޓިކެޓު ހޯދުމަށް 3 ފަރާތަކުން ވާދަކުރެއެވެ. އެއީ އަބްދުﷲ ރަޝީދު، މުރަކަ ރ.އުނގޫފާރު، އަބްދުﷲ ޝިހާމް، ހައްސަ، ރ.އުނގޫފާރު ގެ އިތުރުން ހުސެއިން ނާސިފްއެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close