ސިޔާސީ

ޕީޕީއެމް ޕްރައިމަރީ: ދުވާފަރު ކައުންސިލަށް 9 ކެނޑިޑޭޓުން ވާދަކުރަނީ

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ ޓިކެޓުގައި ރ.ދުވާފަރު ކައުންސިލަށް ވާދަކުރާނެ ކެނޑިޑޭޓުން ހޮވުމަށް މާދަމާ އޮންނަ ޕްރައިމަރީގައި 9 ކެނޑިޑޭޓުން ވާދަކުރާނެއެވެ.

އިސްލާހު ކުރެވުނު ލާމަރުކަޒީ ޤާނޫނުގެ ދަށުން ރ.އަތޮޅުގެ އެންމެ އާބާދީ ބޮޑު ދުވާފަރުގެ ކައުންސިލްގައި 7 މެންބަރުން ތިއްބަވާނެއެވެ. އޭގެ ތެރެއިން 3 ގޮނޑި ޙާއްސަކުރެވިފައި ވަނީ އަންހެނުންނަށެވެ. ދުވާފަރު ކައުންސިލްގެ 7 ގޮނޑީގެ ތެރެއިން ރައީސްކަމަށް ޕީޕީއެމް ޓިކެޓުގައި ވާދަކުރުމަށް ހުށައަޅާފައި ވަނީ ހަސަން ހަކީމް، ޑޯރެންޒީވިލާ، ރ.ކަނދޮޅުދޫ އެކަންޏެވެ. އެހެން ކަމުން އޭނާއަށް ވަނީ ޕްރައިމަރީއަކާ ނުލާ ޓިކެޓު ލިބިފައެވެ.

އަންހެނުންނަށް ޙާއްސަ 3 ގޮޑިއަށް ޕީޕީއެމް ޕްރައިމަރީގައި 4 ކެނޑިޑޭޓުން ވާދަކުރާއިރު ދުވާފަރު ކައުންސިލްގެ ބާކީ ތިން ގޮޑި ހޯދުމަށް 5 ކެނޑިޑޭޓުން މި ޕްރައިމަރީގައި ވާދަކުރާނެއެވެ.

ދުވާފަރު ކައުންސިލްގެ އަންހެނުންނަށް ޙާއްސަ 3 ގޮނޑިއަށް ވާދަކުރާ 4 ކެނޑިޑޭޓުންނަކީ ހައްވާ ސަމީލާ، ހުވަނދުމާގެ، ރ.ކަނދޮޅުދޫ، އާމިނަތު ސޮލާޙް، ދިލްސާދުގެ، ރ.ކަނދޮޅުދޫ، ޒުހުދާ އާދަމް، ނިޔާމަ، ރ.ކަނދޮޅުދޫ އަދި ފާޠިމަތު ރާބިޔާ، ނޫރާނީމާގެ، ރ.ކަނދޮޅުދޫ އެވެ.

ބާކީ 3 ގޮނޑިއަށް ވާދަކުރާ 5 ކެނޑިޑޭޓުންނަކީ  އިޒްމީލް އަޙުމަދު، ޒަމާނީގެ، ރ.ކަނދޮޅުދޫ، އަހްމަދު ސަމޫހް، އަންނާރުމާގެ، ރ.ކަނދޮޅުދޫ، އިބްރާހިމް މޫސާ، ފަޅޯމާގެ، ރ.ކަނދޮޅުދޫ، އިބްރާހިމް ނަސީރު، އަލިތަރިއައްސޭރި، ރ.ކަނދޮޅުދޫގެ އިތުރުން އަހުމަދު ނާސިހް، ހުސްނުހީނާގެ ރ،ކަނދޮޅުދޫ އެވެ.

ޕީޕީއެމް ޕްރައިމަރީގެ ވޯޓުލުން ކުރިއަށް ދާނީ މާދަން މެންދުރުފަހު 14:30 އިން އިރުއޮއްސި 6:00 އަށެވެ. ދުވާފަރުގައި ޕީޕީއެމް ޕްރައިމަރީގެ ވޯޓު ފޮށި ބެހެއްޓިފައި ހުންނާނީ ރ.އަތޮޅު މަދަރުސާގެ ހޯލްގައެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar

ކިޔާލުން ރަނގަޅު

Close
Close