ޚަބަރުސިޔާސީ

ޕީޕީއެމް ރ.ދުވާފަރު ޕްރައިމަރީ

ރ.ދުވާފަރު ކައުންސިލްގެ މެންބަރު ކަމަށް ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރާނެ ކެނޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމެރީގެ ވޯޓުލުން ކުރިއަށްދާ ގޮތުގެ ލައިވް ކަވަރޭޖަށް މަރުހަބާ. މި ވޯޓުލުން ކުރިއަށް ދާނީ 14:30 އިން 18:00 އަށެވެ. ރ،ދުވާފަރުގައި ވޯޓު ފޮށި ބެހެއްޓިފައި ހުންނާނީ ރ.އަތޮޅު މަދަރުސާގައެވެ. އަދި މި ފޮއްޓަން 886 މީހުންނަށް ވޯޓުލުމުގެ ހައްޤުލިބިފައިވެއެވެ.

ދުވާފަރު ކައުންސިލްގެ މެންބަރުކަމަށް ކުރިމަތިލުމަށް ޕީޕީއެމްގެ ޓިކެޓު ހޯދުމަށް ޖުމްލަ 9 ކެނޑިޑޭޓުން ވާދަކުރެއެވެ. އެއީ އަންހެން ކަނަބަލުންނަށް ޙާއްސަ ގޮނޑިތަކަށް ވާދަކުރާ 4 ކެނޑިޑޭޓުންނާއި ރައީސް ފިޔަވާ ބާކީ 3 ގޮނޑިއަށް ވާދަކުރާ 5 ކެނޑިޑޭޓުންނެވެ.

އަންހެން ކަބަލުންނަށް ޙާއްސަ 3 ގޮނޑިއަށް ވާދަކުރާ ކެނޑިޑޭޓުން:

ހައްވާ ސަމީލާ، ހުވަނދުމާގެ، ރ.ކަނދޮޅުދޫ

އާމިނަތު ސޮލާޙް، ދިލްސާދުގެ، ރ.ކަނދޮޅުދޫ

ޒުހުދާ އާދަމް، ނިޔާމަ، ރ.ކަނދޮޅުދޫ

ފާޠިމަތު ރާބިޔާ، ނޫރާނީމާގެ، ރ.ކަނދޮޅުދޫ

ރައީސް ކަން ފިޔަވާ ބާކީ 3 ގޮނޑިއަށް ވާދަކުރާ ކެނޑިޑޭޓުން:

އިޒްމީލް އަޙުމަދު، ޒަމާނީގެ، ރ.ކަނދޮޅުދޫ

އަހްމަދު ސަމޫހް، އަންނާރުމާގެ، ރ.ކަނދޮޅުދޫ

އިބްރާހިމް މޫސާ، ފަޅޯމާގެ، ރ.ކަނދޮޅުދޫ

އިބްރާހިމް ނަސީރު، އަލިތަރިއައްސޭރި، ރ.ކަނދޮޅުދޫ

އަހުމަދު ނާސިހް، ހުސްނުހީނާގެ ރ،ކަނދޮޅުދޫ

މީގެ އިތުރުން ރ.އަތޮޅު ރައީސްކަމަށް ޕީޕީއެމް ޓިކެޓުގައި ވާދަކުރާނެ ކެނޑިޑޭޓެއް ހޮވުން ވެސް މި ޕްރައިމަރީގައި ކުރިއަށްދާނެއެވެ. ރ.އަތޮޅު ރައީސްކަމަށް ޕީޕީއެމްޕްރައިމަރީގައި ވާދަކުރަނީ އަބްދުﷲ ރަޝީދު، މުރަކަ، ރ.އުނގޫފާރު، އަބްދުﷲ ޝިހާމް، ހައްސަ، ރ.އުނގޫފާރު ގެ އިތުރުން ޗެނަލް 13 ގެ ނޫސްވެރިއެއް ކަމުގައިވާ ހުސެއިން ނާސިފްއެވެ. އޭނާ އަކީ ރ.މާކުރަތައް ނިސްބަތްވާ މީހެކެވެ.

އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close