ޙަބަރު

އަތޮޅު ކައުންސިލްގެ ރައީސް އަންވަރުގެ ކޮޓަރިން ވައްކަންކޮށްފި

ރ. އަތޮޅު ކައުންސިލްގެ ރައީސް އަންވަރު އިބްރާހިމް ދިރިއުޅުއްވާ ކޮޓަރިއަށް މިދިޔަ ހަފުތާގެ ބުދަ ދުވަހު ބަޔަކު ވަދެ ގެއްލުންދީ، ވައްކަން ކޮށްފިއެވެ.

އަންވަރާއި ހަވާލީ ހަވީރު ނޫހުގައި ވަނީ އަންވަރު ދިރިއުޅުއްވާ ކޮޓަރިއަށް މިދިޔަ ބުދަދުވަހު ބަޔަކު ވަދެ ބާރަހާސް ރުފިޔާ ވަގަށްނަގާފައިވާ ކަމަށެވެ. އަދި އަންވަރު ދިރިއުޅުއްވާ ކޮޓަރީގެ ބައެއް ތަކެއްޗަށް ގެއްލުން ދީފައިވާ ކަމަށްވެސް އެނޫހުގައި ވެއެވެ. މީގެ އިތުރުން އަންވަރު ވިދާޅުވީ މީ ސިޔާސީ ހަމަލާއެއްކަމަށެވެ.

އަތޮޅު ކައުންސިލް އަކީ ވޮޗަރުން ބައިތިއްބައިގެން 24 ގަޑިއިރު ޑިއުޓީ ކުރަމުންދާ ތަނަކަށްވާއިރު މިވަރު ކަމެއްހިނގަންދިމާވީ ކީއްވެގެން ކަމާމެދު ސުވާލު އުފެދެއެވެ.
އަންވަރަކީ ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) ގައި ނ، ރ، ބ، އަދި ޅ އަތޮޅު ކައުންސިލް ތަމްސީލު ކުރައްވާ ބޯޑު މެމްބަރެެވެ.

އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ރައިސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close