ޚަބަރުވަޒީފާ

އެންމެ ކުޑަމިނުން ދެވޭ އުޖޫރަ ކަނޑައަޅާނީ ހަތް ދާއިރާއަކަށް ބަހާލައިގެން

މިނިމަމް ވޭޖް ކަނޑައަޅަން، ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހު ހުށަހަޅައިފި އެވެ. ހުށައަޅާފައިވާ އިސްލާހުގައި ވާގޮތުން އެއްމެ ކުޑަ އުޖޫރަ ކަނޑައަޅާނީ 7 ދާއިރާއަކަށް ބަހާލައިގެންނެވެ.

އެހަތް ދާއިރާއަކީ

 • މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާ
 • ފަތުރުވެރިކަމުގެ ދާއިރާ
 • ކޮންސްޓްރަކްޝަން ދާއިރާ
 • ދަތުރުފަތުރުގެ ދާއިރާ
 • ސިއްހީ ހިދުމަތުގެ ދާއިރާ
 • ތައުލީމީ ހިދުމަތުގެ ދާއިރާ
 • ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ ދާއިރާ

މިނިމަމް ވޭޖް އެޑަވައިޒަރީ ބޯޑު އެކުލެވިގެން ވާނީ 11 މެމްބަރުންގެ މައްޗަށް ކަމަށް ބިލުގައި ވަނީ ހިމަނާފަ އެވެ.

މިނިމަމް ވޭޖް އެޑްވައިޒަރީ ބޯޑު އެކުލެވިގެންވާ ގޮތް

 • ބޯޑުގެ ޗެއާ ޕާސަންގެ ގޮތުގައި އިކޮނޮމިކް މިިނިސްޓަރު ކަނޑައަޅާ ފަރާތެއް
 • ފިނޭންސް މިނިސްޓަރު ހުށަހަޅާ ފަރާތެއް
 • ފަތުރުވެރިކަމާއި ކޮންސްޓްރަކްޝަން ސިނާއަތާއި، އަންހެން ވިޔަފާރިވެރިންނާއި، ކުދި އަދި މެދުފަންތީގެ ވިޔަފާރި، އެ ހަތަރު ދާއިރާ ތަމްސީލުކުރާ ޖަމިއްޔާތަކުގެ ފަރާތުން ހުށަހަޅާ ހަތަރު މެމްބަރުން
 • ވަޒީފާ އަދާކުރާ ފަރާތްތައް ނުވަތަ މަސައްކަތްތެރީން ތަމްސީލުކުރާ ޖަމިއްޔާތަކުން ހުށަހަޅާ ފަސް މެމްބަރުން

މިނިމަމް ވޭޖް ކަނޑައެޅުމަކީ މި ސަރުކާރުގެ ރިޔާސީ ވައުދެކެވެ. އަދި ރައްޔިތުންގެ މަޖިލިސް އިންތިހާބުގައިވެސް އެމްޑީޕީއިން ވީ އެންމެ ބޮޑު ވައުދަކީ އެއީ އެވެ. މިނިމަމް ވޭޖްގެ ގޮތުގައި ކަނޑައަޅަނީ ކިހާވަރެއް ކަމެއް ސަރުކާރުން އަދި މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ފައުންޑަރ މެމްބަރ އަދި ފުރަތަމަ ދެ ދައުރުގެ ރައީސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.
avatar
Close