ޚަބަރުރ.އަތޮޅުވަޒީފާ

ޔޫއާރްއެޗް އަދި ރ.އަތޮޅު ސިއްޙީ މަރުކަޒުތަކަށް ގިނަ އަދަދެއްގެ ނަރުހުން ހޯދަނީ

އުނގޫފާރު ރީޖަނަލް ހޮސްޕީޓަލް އަދި ރ.އަތޮޅުގެ ގިނަ ސިއްޙީ މަރުކަޒުތަކަކަށް ނަރުހުން ހޯދަން އިއުލާންކޮށްފިއެވެ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުުން މިއަދު ގެޒެޓުކޮށްފައިވާ އިއުލާނުގައި ވަނީ 62 ނަރުހުންހޯދުމަށެވެ.

ނަރުހުން ހޯދަން އިއުލާންކޮށްފައި ވަނީ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ އިތުރުން އަލިފުށި، ވާދޫ، ރަސްގެތީމް، ދުވާފަރު، މާކުރަތު، ރަސްމާދޫ، އިންނަމާދޫ، މަޑުއްވަރި، އިނގުރައިދޫ، ފައިނު، ކިނޮޅަސް އަދ ހުޅުދުއްފާރު، މިރަށްރަށުގެ ސިއްޙީ މަރުކަޒަށެވެ.
މި މަޤާމުތަކަށް އެދި ހުށައެޅުމުގެ ސުންގަޑިއަކީ 20 ފެބްރުއަރީ 2020 ވަނަ ދުވަހުގެ 13:30 އެވެ. މި ވަޒީފާތަކާ ގުޅޭ އިއުލާން ގެޒެޓުގެ ތިރީގައި މިވާ ލިންކުން ފެނިވަޑައިގަންނަވާނެއެވެ.

http://gazzette.gov.mv/iulaan/view/126330

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close