ޚަބަރު

ކޮވިޑް 19 އާ ބެހޭ މައުލޫމާތުދިނުމުގެ ސެޝަންތަކެއް ބާއްވައިފި

ޗައިނާގައި ފެތުރެމުންދާ ކޮރޯނާވައިރަހުގެ ވައްތަރެއް ކަމަށްވާ ކޮވިޑް-19 އަށް ހޭލުންތެރި ކުރުމަށް މިބަލީގެ މައުލޫމާތު ދިނުމުގެ ޝެޝަނެއް ރޭ ބާއްވައިފިއެވެ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ ކޮންފަރެންސް ހޯލްގައ ކުރިއަށްގެންދިޔަ މި ޝެޝަން ގައި މައުލޫމާދު ދެއްވީ އުނގޫފާރު ޕަބްލިކް ހެލްތު ޔުނިޓްގެ ފަރާތުންނެވެ.

ރޭ 20:30 ގައި ފެށުނު މައުލޫމާތު ދިނުމުގެ މި ޝެޝަންގައި އުނގޫފާރުގައި ހުރި ކައުންސިލް ތަކާއި ސުކޫލް ތަކާއި ޕޮލިސް، ބޭންކް އަދި މެޖިސްޓްރޭޓް ކޯޓުން މުވައްޒަފުން ބައިވެރި ވެފައިވެއެވެ.

އުނގޫފާރުގެ އިތުރުން މައުލޫމާތު ދިނުމުގެ ޝެޝަންތައް އަތޮޅުގެ އިންޑަސްޓްރިއަލް ރަށްތަކުގައި އާއި ރިސޯޓު ތަކުގައިވެސް ކުރިއަށް ގެންދާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދެއްވައެވެ.

 

ހަލުވި ކަމާއެކު ފެތުރެމުންދާ މިރޯގާގައި އެއް ދުވަސްތެރޭ ހުބެއި ޕްރޮވިންސް އިން 14،840 މީހުންނަށް ބަލިޖެހި، 242 މީހުން ވަނީ މަރުވެފައެވެ. މިއީ ޑިސެމްބަރު މަހު ފަހުކޮޅު ރޯގާ ފެތުރެން ފެށި ފަހުން އެއްދުވަސް ތެރޭ މިހާ ގިނަ އަދަދެއްގެ މީހުން މަރުވި ފުރަތަމަ ފަހަރެވެ. މި އަދަދުތަކާއެކު މި ބަލީގައި މަރުވި މީހުންގެ އަދަދު މިހާރުވަނީ 1،350 އަށް އަރައިފަ އެވެ. އަދި ބަލިޖެހިފައި ތިބި މީހުންގެ އަދަދު ވަނީ 60،000 އަށް އަރައިފަ އެވެ.

ޗައިނާގެ ކަމާބެހޭ އޮފިޝަލުން ނާއި ހަވާލާދީ ލިބެމުންދާ މައުލޫމާތަށް ބަލާއިރު ހުބެއި ޕްރޮވިންސްގައި ބަލި ޖެހުނު މީހުންގެ އަދަދު ކުއްލިއަކަށް އެހާ ބޮޑުތަން އިތުރުވީ އެ ޕްރޮވިންސްގައި ބަލި މީހުން ޑައިގްނޯޒްކުރަން ވަރަށް ފުޅާ ދާއިރާއެއްގައި ފެށުމުން ކަމަށްވެއެވެ.

ހުބެއި ޕްރޮވިންސްގައި ބަލި އަލަށް ޖެހުނު މީހުންނާއި މަރުވި މީހުންގެ އަދަދު އިތުރުވުމުން ޗައިނާގައި މިހާރު ވަނީ އެ ޗައިނާގައި ކޮވިޑް-19 ޖެހިފައި ތިބި މީހުންގެ 80 ޕަސެންޓް މީހުން ތިބީ ވެސް ހުބެއި ޕްރޮވިންސްގަ އެވެ. ބަލިޖެހިފައި ތިބި މީހުން ޔަގީންކުރުމަށްޓަކައި މިހާރު ދަނީ ސްޓެންޑާޑް އެސިޑް ޓެސްޓުގެ ބަދަލުގައި ސީޓީ ސްކޭން ވެސް ހައްދަމުންނެވެ. ޗައިނާ އިން ބޭރުން ބަލި ޖެހިފައި ވަނީ 441 މީހުންނަށެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close