ޚަބަރު

ރީރަޖިސްޓަރ ކުރުމުގެ ފުރުސަތު ހުޅުވާލައިފި

04 އޭޕްރީލް 2020 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިހާބުގައި ވޯޓުލަން ރަޖިސްޓްރީވެފައިވާ ތަން ފިޔަވާ އިތުރު ތަނެއްގައި ވޯޓުލާން ބޭނުންވާ ފަރާތްތަކުން ރީރަޖިސްޓްރީވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އިލްކްޝަން ކޮމިޝަނުން ހާމަކުރި ގޮތުގައި ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓުލުމަށް ރަޖިސްޓާރ ވެފައި ވާނީ 2019 ވަނަ އަހަރު ބޭއްވުނު ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި އެމީހަކު ވޯޓުލުމަށް ރަޖިސްޓްރީވެފައިވާ ތަނުގައެވެ. އެހެން ނަމަވެސް 2019 ވަނަ އަހަރު ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ޖަލުގައި ނުވަތަ ރިސޯޓުތަކުގައި ނުވަތަ ސިނާއީ މަސައްކަތެއް ކުރާ ރަށެއްގައި ވޯޓުލުމަށް ރަޖިސްްޓްރީވެފައިވާ ފަރާތްތަކުން ވޯޓުލުމަށް މިހާރު ރަޖިސްޓްރީވެފައި ވާނީ އެމީހެއްގެ ދާއިމީ އެޑުރެހުގައެވެ.

އެމީހަކު ވޯޓުލުމަށް ރަޖިސްޓާރ ވެފައިވާ ތަން އިލެކްޝަން ކޮމިޝަންގެ ވެބްސައިޓުގެ އިތުރުން (VR <space> id card no> ޖެއްސެވުމަށް ފަހު 1414 އަށް އެސްއެމްއެސް ކޮށްގެން ބެލޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ރީރަޖިސްޓްރޭޝަންއަށް އެދި ހުށައެޅުމުގެ މުއްދަތަކީ މިއަދުން ފެށިގެން 27 ފެބްރުއަރީ 2020 ވާ ބުރަސްފަތި ދުވަހުގެ ނިޔަލަށެވެ. ރީރަޖިސްޓްރީ ކުރުމަށް އެދޭ ފޯމް ދޫކުރުމާއި ބަލައިގަތުން ކުރިއަށް ދާނީ ރަށު ކައުންސިލް އިދާރާ ތަކުންނާއި، އައްޑޫ ސިޓީ އަދި ފުވަމުލަކު ސިޓީ އަވަށު އޮފީސްތަކުންނާއި، ކުޅުދުއްފުށި ސިޓީ ކައުންސިލުގެ އިތުރުން މާލޭގައި ނަމަ އިންތިހާބާ ބެހޭ މަރުކަޒުންނެވެ.

ރީރަޖިސްޓްރޭޝަން އަށް އެދި ހުށައަޅާއިރު އެމީހަކު ވޯޓުލުމަށް ބޭނުންކުރެވޭ، ކާކުކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ފޮޓޯ ޖެހި ރަސްމީ ލިއުމެއްގެ ކޮޕީއެއް ފޯމާއެކު ހުށައަޅަން ޖެހެއެވެ. އަދި ފޯމް ހުށައަޅަން އަންނަ މީހާ އެމީހެއްގެ ވޯޓުލުމަށް ބޭނުންކުރެވޭ، ކާކުކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ފޮޓޯ ޖެހި ރަސްމީ ލިއުމެއްގެ އޮރިޖިނަލް ގެންނަން ޖެހެއެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close