ޚަބަރު

އުފާގެ 3 ވަނަ ދައުރުގެ ހިންގާ ކޮމިޓީ އިފްތިތާހުކޮށްފި

އުނގޫފާރު ފޯސްޓަރިން އެވެއާނެސް އެސޯސިއޭޝަން (އުފާ) ގެ 3 ވަނަ ދައުރަށް އިންތިހާބުވި ހިންގާ ކޮމެޓީ އިފްތިތާހުކޮށްފިއެވެ. އުފާގެ އާ ހިންގާ ކޮމިޓީ އިފުތިތާހުކޮށްފައި ވަނީ މިކަމަށްޓަކައި ހައިޑް ކެފޭ އެންޑް ބިސްޓްރޯގައި  އިއްޔެ ހަވީރު ބޭއްވި ޙާއްސަ ރައްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތުގައި އުފާގެ ހިންގާ ކޮމިޓީއަށް އަލަށް އިންތިހާބުވި މެންބަރުންނަށް މަޤާމުގެ ލިޔުން ހަވާލުކޮށްދެއްވީ އުފާގެ ވޭތުވެ ދިޔަ 2 ދައުރުގެ ރައީސް އިބްރާހިމް ޒަޔާންއެވެ. ހަވީރުގެ ސައިފޮދަކާއެކު ކުރިއަށް ދިޔަ މި ރަސްމިއްޔާތުގައި އުފާގެ ހިންގާ ކޮމިޓީގެ މެންބަރުންނާއި، އުފާގެ ނިމިދިޔަ ދައުރުގެ ރައީސް، ނައިބު ރައީސްގެ އިތުރުން އާންމު މެންބަރުން ބަވެރިވިއެވެ.

އުފާގެ ހިންގާ ކޮމިޓީގެ އޮނިގަނޑަށް ގެނައުނު އިސްލާހާއެކު އުފާގެ އެންމެ އިސްފަރާތަކީ ޑިރެކްޓާރ ޖެނަރަލްއެވެ. އޭގެ ދަށުން އުފާގެ މައިގަނޑު މަސައްކަތްތައް ބެހިފާވާ 4 ދާއިރާއިގެ ތެރެއިން ކޮންމެ ދާއިރާއަކަށް ޑިރެކްޓަރަކާއި އެސިސްޓެންޓު ޑިރެކްޓަރެއް އިންތިހާބުކޮށްފައިވެއެވެ. އެއީ ޑިރެކްޓާރ/އެސިސްޓެންޓް ޑިރެކްޓަރ އޮފް ސްޕޯޓްސް، ޑިރެކްޓާރ/އެސިސްޓެންޓް ޑިރެކްޓާރ އޮފް އިންފޮމެޝާން، ޑިރެކްޓާރ/އެސިސްޓެންޓް ޑިރެކްޓާރ އޮފް އެޑިކޭޝާން އެންޑް ވިމެން އެންޕަވަމެންޓް ގެ އިތުރުން ޑިރެކްޓާރ/އެސިސްޓެންޓް ޑިރެކްޓާރ އޮފް ފިނޭންސް އެންޑް އެޑްމިނިސްޓްރޭޝަން އެވެ.

އުފާގެ އާ ހިންގާ ކޮމިޓީ:

މުޙައްމަދު ނަބީލް، ތިނަދޫގެ، ރ.އުނގޫފާރު / ޑިރެކްޓާރ ޖެނެރަލް

މުޙައްމަދު އިމްރާން، ސިޔަރަތު، ރ.އުނގޫފާރު / ޑިރެކްޓާރ އޮފް ސްޕޯޓްސް

ހުސެއިން ހަމީދު، ދިރޭލާލުގެ، ރ.އުނގޫފާރު / އެސިސްޓެންޓް ޑިރެކްޓާރ އޮފް ސްޕޯޓްސް

އަހުމަދު ތަޢުވީލް، ތިނަދޫގެ، ރ.އުނގޫފާރު/ ޑިރެކްޓާރ އޮފް އިންފޮމޭޝަން

މުނާޒު މުޙައްމަދު، ވިނަރެސް، ރ.އުނގޫފާރު/ އެސިސްޓެންޓް ޑިރެކްޓާރ އޮފް އިންފޮމޭޝަން

ޠާހާ ހުސެއިން، ފަލަކު، ރ.އުނގޫފާރު / ޑިރެކްޓާރ އޮފް އެޑިއުކޭޝަން އެންޑް ވިމެން އެމްޕަވަރމެންޓް

މައުރޫފް މޫސާ، މަލާޒް، ރ.އުނގޫފާރު / އެސިސްޓެންޓް ޑިރެކްޓާރ އޮފް އެޑިއުކޭޝަން އެންޑް ވިމެން އެމްޕަވަރމެންޓް

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އުފާގެ ނިމިދިޔަ ދައުރުގެ ނައިބު ރައީސް ވިދާޅުވީ އުފާގެ ހިންގުމުގެ އޮނިގަނޑަށް ގެނެވުނު ބޮޑެތި ބަދަލުތަކާއެކު އިންތިހާބު ކުރެވުނު އާ ހިންގާ ކޮމެޓީއާއެކު އެންމެ ބޮޑު އިންމީދަކީ އުފާ މިހާރު ހުރި ޙިސާބަށްވުރެ އާ ހަރުފަތަކަށް ދިއުމެވެ. އަދި އުފާގެ ހިންގާ ކޮމެޓީގެ ބާކީ ހުރި މަޤާމުތަކަށް މީހުން އިންތިހާބުކުރުމުގެ ކަންކަން ވެސް ވަރަށް އަވަހަށް ކުރިއަށް ދާނެ ކަމަށް ޙަސަން ވިދާޅުވިއެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close