ކޮވިޑް-19

ޚަބަރު

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން ޑެންޓަލް އެކްސްރޭގެ ޚިދުމަތް ދޭން ފަށައިފި

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން ޑެންޓަލް އެކްސްރޭގެ ޚިދުމަތް ދޭން ފަށައިފިއެވެ. މެދުކެނޑުމަކަށް ފަހު އެ ހޮސްޕިޓަލުން އަނެއްކާވެސް ފަށާފައިވާ މި ޚިދުމަތައް މިއަދުން ފެށިގެން އެޕޮއިންޓްމެނެްޓު ހެއްދޭނެއެވެ.

ޑެންޓަލް އެކްސްރޭ ނުވަތަ ޑެންޓަލް ރޭޑިއޮގްރާފީ އަކީ ދަތްތަކަށް ދިމާވެފައިވާ މައްސަލަތައް ބޭރުފުށުން ފެންނަނަން ފެށުމުގެ ކުރިން ދެނެގަތުމަށް ކުރާ ސްކޭނެކެވެ. އޭގެ ސަބަބުން ދަތްތަކަށް ދިމާވާ މައްސަލަތަކަށް އޭގެ އެންމެ ކުރީކޮޅުގައި ފަރުވާ ހޯދުމަށް މަގުފަހިވެގެން ދާނެއެވެ.

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން ރ.އަތޮޅާ އެކު 4 އަތޮޅެއްގެ ރައްޔިތުން ޚިދުމަތް ހޯދަމުން އަންނަ އިރު ސަރުކާރުން ވަނީ މި ހޮސްޕިޓަލު ޓާޝިއަރީ ފެންވަރަށް ތަރައްޤީ ކުރުމަށް ނިންމާފައެވެ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަކީ މާލެ ފިޔަވާ ރާއްޖޭގައި 2 ވަނަ އަށް އެންމެ ގިނަ ބަޔަކު ޚިދުމަތް ހޯދާ ހޮސްޕިޓަލުކަން ފާހަގަކޮށްލަން ޖެހެއެވެ.

ޔޫއާރްއެޗް އަށް ގިނަ ޚިދުމަތްތަކެއް މި އަހަރު ވެސް ތައާރަފުކުރުމަށް ބަޖެޓު ކުރެވިފައި ވާއިރު އެ ހޮސްޕިޓަލުން މަޢުލޫމާތު ދޭ ގޮތުގައި އަލަށް ފެށުމަށް ތައްޔާރުވަމުންދާ ސީޓީ ސްކޭންގެ ޚިދުމަށް އަންނަ މާރޗް މަހު ތެރޭގައި ފެށޭ ވަރު ވާނެއެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
1 Comment threads
0 Thread replies
0 Followers
 
Most reacted comment
Hottest comment thread
1 Comment authors
AffiliateLabz Recent comment authors
AffiliateLabz
Guest

Great content! Super high-quality! Keep it up! 🙂

Close