ޚަބަރު

މުޅި ރާއްޖޭގައި ފަށާ “ހޭވައްލާ” ޕްރޮގުރާމް އިފްތިތާހު ކުރުމުގެ ރަސްމީ ޖަލްސާ އުނގޫފާރުގައި

އެޑިއުކޭޝަން މިނިސްޓްރީން މުޅި ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ފެށުމަށް ހަމަޖެހިފައިވާ “ހޭވައްލާ” ޕްރޮގުރާމް ރަސްމީކޮށް އިފްތިތާހު ކުރުމުގެ ރަސްމީ ޖަލްސާ އުނގޫފާރުގައި ބާއްވާގޮތަށް ހަމެޖިހިއްޖެއެވެ.

އުނގޫފާރު ސްކޫލުން މަޢުލޫމާތު ދިން ގޮތުގައި ބުދަ ދުވަހު އޮންނަ މި ރަސްމިއްޔާތު ޝަރަފުވެރި ކުރެއްވުމަށް ރައީސުލް ޖުމްހުރިއްޔާގެ ނައިބު ފައިސަލް ނަސީމް އަދި އެޑިއުކޭޝަން މިނިސްޓަރު ޑރ.އައިޝަތު އަލީ އުނގޫފާރަށް ވަޑައިގަންނަވާނެއެވެ. އަދި މީގެ އިތުރުން އެޑިއުކޭޝަން މިނިސްޓްރީގެ އިސް ބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަހީދުވެސް މި ހަފުލާގައި ބައިވެރިވެ ވަޑައިގަންނަވާނެއެވެ.

އުނގޫފާރު ސްކޫލުން މަޢުލޫމާތު ދިންގޮތުގައި އަލަށް ފެށުމަށް ހަމަޖެހިފައިވާ “ހޭވައްލާ” ޕްރޮގުރާމަކީ ސްކޫލް ނިމޭ ދަރިވަރުންނަށް އެކި ކަހަލަ ހުނަރުތައް ދަސްކޮށްދިނުމަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޕްރޮގުރާމެކެވެ. މި ޕްރޮގުރާމާ ބެހޭ އިތުރު މަޢުލޫމާތު އެޑިއުކޭޝަން މިނިސްޓުރީން އަދި ހާމައެއް ނުކުރެއެވެ.

ހޭވައްލާ ޕްރޮގުރާމަކީ މީގެ ކުރިން ސްކޫލްތަކުގައި ކުރިއަށް ގެންދިޔަ ދަސްވާރު ޕްރޮގުރާމް ހުއްޓާލުމަށް ފަހު އިތުރު ބަދަލުތަކާއެކު ފެށުމަށް ހަމަޖެހިފައިވާ ހުނަރު ދަސްކޮށްދިނުމުގެ ޕްރޮގުރާމެކެވެ. އެޑިއުކޭޝަން މިނިސްޓްރީން މީގެ ކުރިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ދަސްވާރު ޕްރޮގުރާމް ސްޓްރީމެއްގެ ގޮތުގައި ކުރިއަށް ގެންދިއުމުގެ ސަބަބުން ދަރިވަރުން ކިޔެވުމަށް ސަމާލުކަން ނުދީ ލުރިގޮތަކަށް ސާނަވީ މަދަރުސާ ނިންމާލުމަށް ވިސްނާކަމަށެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close