ޚަބަރު

އުނގޫފާރު ފުޓުބޯޅަ ދަނޑު ހެދުމުގެ އެއްބަސްވުމުގައި ސްޕޯޓްސް ކޯޕަރޭޝަނާ އެކު މާދަމާ ސޮއެކުރަނީ

އުނގޫފާރު ފުޓުބޯޅަ ދަނޑު ތަރައްޤީ ކުރުމުގެ އެއްބަސްވުމުގައި މޯލްޑިވްސް ސްޕޯޓްސް ކޯޕަރެޝަނާ އެކު މާދަމާ ސޮއެކުރާ ގޮތަށް ހަމަޖެހިއްޖެއެވެ. މި އެއްބަސްވުމުގައި ސޮއެކުރުން އޮންނާނީ މާދަމާ މެންދުރު ފަހުގެ ވަގުތެއްގައި ކަމުގައި އުނގޫފާރު ކައުންސިލުން މަޢުލޫމާތުދެއެވެ.

މި އެއްބަސްވުމުގައި ސޮއެ ކުރުމުގެ ރަސްމިއްޔާތަށް އުނގޫފާރު ކައުންސިލްގެ ނައިބު ރައީސް މުޙައްމަދު އަފުލާހު އަދި ކައުންސިލް މެންބަރު ޙުސެއިން އާޞިފް މިއަދު މާލެވަޑައިގަންނަވާނެ ކަމަށް އެ ކައުންސިލުން މަޢުލޫމާތުދެއެވެ.

އުނގޫފާރު ފުޓުބޯޅަ ދަނޑު ތަރައްޤީކުރާ ގޮތަށް ހަމަޖެހިފައި ވަނީ ޓާފް އަޅައިގެން އެންމެ މަތީ ފެންވަރަށް ކަމުގައި އުނގޫފާރު ކައުންސިލުން މަޢުލޫމާތުދެއެވެ. އުނގޫފާރުގެ ލޭންޑް ޔޫސް ޕްލޭން އަށް ގެނައި ބަދަލާއެކު މި ދަނޑު މިހާރު ތަރައްޤީކުރާ ގޮތަށް ހަމަޖެހިފައި ވަނީ އުނގޫފާރު އިރު ދެކުނު ފަރާތް ނުވަތަ ކުރީގެ ޓެންޓު ސަރަހައްދުގައެވެ.

އުނގޫފާރު ކައުންސިލުން މަޢުލޫމާތު ދިން ގޮތުގައި ސްޕޯޓްސް ކޯޕަރޭޝަނާއެކު މާދަމާ ވެވޭ އެއްބަސްވުމަކީ އުނގޫފާރު ޒުވާނުންނާއި، އިޖުތިމާޢީ މަރުކަޒުގެ އިސްވެރިންނާއި އުނގޫފާރު ކައުންސިލް ގުޅިގެން ކުރި ބުރަ މަސައްކަތުގެ ނަތީޖާއެވެ. އަދި މި ކަމުގައި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުޙައްމަދު ވަހީދު ކުރައްވާފާވާ މަސައްކަތްވެސް  ފާހަގަކުރާ ކަމުގައި އުނގޫފާރު ކައުންސިލުން ބުންޏެވެ. އުނގޫފާރު ކައުންސިލުން މަޢުލޫމާތު ދިން ގޮތުގައި މި ކަން ކާމިޔާބު ވުމުގެ އެންމެ ބޮޑު ޙިއްސާއެއް އަދާކުރަނީ އުނގޫފާރުގެ ހިއްވަރުގަދަ ޒުވާނުންކޮޅެއްގެ މައްޗަށް އެކުލެވޭ ދަނޑު ކޮމިޓީގެ ހިއްވަރާއި ބުރަ މަސައްކަތެވެ.

އުނގޫފާރު ފުޓުބޯޅަ ދަނޑު ތަރައްޤީ ކުރުމަކީ އުނގޫފާރުގެ ޒުވާނުން ދެކެމުން އައި ހުވަފެނެކެވެ. އެހެން ކަމުން މި ދަނޑަކީ ފުޓުބޯޅަ އަށް ލޯބި ކުރާ އުނގޫފާރުގެ ޒުވާނުންގެ އުންމީދުތަކާ ގުޅިފައިވާއިވާ އެތައް ދުވަހެއްގެ ދިގު އިންތިޒާރެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.
avatar
1 Comment threads
0 Thread replies
0 Followers
 
Most reacted comment
Hottest comment thread
1 Comment authors
Ungoofarumeeha Recent comment authors
Ungoofarumeeha
Guest
Ungoofarumeeha

Votah rahyyithunge loluga adhun alhuvany egen 😂😂😂

Close