ސިޔާސީ

ޕީޕީއެމް އިން އުނގޫފާރު ކައުންސިލްގެ 5 ގޮނޑިއަށް ވާދަކުރަނީ

ޕްރޮގްރެސިވް ޕާޓީ އޮޕް މޯލްޑިވްސް (ޕީޕީއެމް) ގެ ފަރާތުން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ރ.އުނގޫފާރު ކައުންސިލްގެ 5 ގޮނޑިއަށް ވާދަކުރާ ކެނޑިޑޭޓުންގެ ކެނޑިޑެސީ އިލެކްޝަނުން ބަލައިގެންފިއެވެ. ޕީޕީއެމްގެ ފަރާތުން އުނގޫފާރު.ކޮމް އަށް މަޢުލޫމާތު ދިން ގޮތުގައި ޕީޕީއެމްގެ 5 ކެނޑިޑޭޓުންނަށް ވެސް ވަނީ ކެނޑިޑެސީ ބަލައިގެން ކަމުގެ ލިޔުން ލިބިފައެވެ.

ޕީޕީއެމްގެ ފަރާތުން އުނގޫފާރު ކައުންސިލްގެ ރައީސް ކަމަށް ކުރިމަތި ލަނީ އަބްދުﷲ ރަޝީދު، މުރަކަ ރ.އުނގޫފާރުއެވެ. އަދި މެންބަރުކަމުގެ ތެރެއިން އަންހެންނުންނަށް ޙާއްސަ 2 ގޮނޑިއަށް ވާދަކުރަނީ އައިޝަތު ސުފައިލާ، އައްސޭރި، ރ.އުނގޫފާރު އަދި ނަޒީރާ ރަޝީދު، އަސުރުމާގެ، ރ.އުނގޫފާރުއެވެ. އަނެއް 2 ގޮނޑިއަށް ވާދަކުރަނީ ޔޫޝައު ނަސީމް ޒެފިރު، ރ.އުނގޫފާރު އަދި ޙަސަން އިރުފާން، ފަޒާ، ރ.އުނގޫފާރުއެވެ.

ކުރިއަން އޮތް ލޯކަލް ކައުންސިލްގެ އިންތިހާބުގައި ވާދަކުރުމަށް ޕީޕީއެމް އިން ހުށައެޅި ފޯމްތަކުގެ ތެރެއިން 673 ފޯމް ބަލާގައިންފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ހާމަކުރެއެވެ. އެޕްރީލް 4 ގައި އޮންނަ އިންތިޚާބުގައި، ސިޓީ ކައުންސިލްތައް ހިމެނޭ ގޮތުން 982 ކައުންސިލަރުން އިންތިޚާބުކުރާނެ އެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close