ޚަބަރު

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަދި ތައުލީމީ ވަޒީރު އުނގޫފާރު ސްކޫލްގެ އިސްވެރިންނާ ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރަށް ކުރެއްވި ދަތުރުފުޅުގައި އުނގޫފާރު ސްކޫލްގެ އިސްވެރިންނާއި އަދި ޕީޓީއޭ އާއި ބައްދަލުކުރައްވައި ސްކޫލްގެ މަސައްކަތްތައް ކުރިއަށްދާގޮތުގެ މަޢުލޫމާތު އޮޅުންފިލުއްވައިފިއެވެ.

މިބައްދަލުވުން އޮތީ އިއްޔެ ހަވީރު އުނގޫފާރު ސްކޫލްގައި އިފްތިތާހް ކުރެވުނު “ހޭވައްލާ” ޕްރޮގްރާމް އުނގޫފާރު ސްކޫލަށް ކުރެއްވި ޒިޔާރަތުގައި އެރަސްމިއްޔާތަށްފަހު، އުނގޫފާރު ސްކޫލްގެ ލައިބްރަރީގައެވެ. މިބައްދަލުވުމުގައި ރައއީސުލް ޖުމުހޫރިއްޔާގެ ނައިބްގެ އިތުރުން މިނިސްޓަރ އޮފް އެޑިއުކޭޝަން ޑރ އާއިޝަތު އަލީ ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ބައްދަލުކުރެއްވުމުގައި ސްކޫލްގެ އިސްވެރިން ވަނީ އެ ސްކޫލަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަމާއި، އެއް ދަންފަޅިއަށް ކިޔަވައިދިނުމުގައި ކުރިމަތިވާ ގޮންޖެހުންތަކާއި، ސްކޫލަށް ބޭނުންވާ އެހެނިހެން ވަޞީލަތްތަކުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ޙިއްޞާކުރައްވާފައެވެ. އަދި، އެންމެ ފުރިހަމަ ގޮތުގައި ދަރިވަރުންނަށް ތަޢުލީމު ފޯރުކޮށްދިނުމުގައި ހުރި ގޮންޖެހުންތަކާއި، މުދައްރިސުންނާއި ދަރިވަރުންނަށް ކުރިމަތިވެފައިވާ ދަތިތަކުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ޙިއްޞާކުރައްވާ އެ ކަންތައްތައް ހައްލުކުރެވޭނެ ގޮތްތަކާއި ބެހޭގޮތުން އެމަނިކުފާނާއި މަޝްވަރާ ކުރައްވާފައެވެ.

މަސްދަރު: ރައިސް އޮފީސް ވެބްސައިޓް

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close