ޚަބަރުރ.އަތޮޅުވަޒީފާ

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް 11 މުވައްޒަފުން ހޯދަނީ

އުނގޫފާރު ރީޖަނަލް ހޮސްޕީޓަލަށް ގިނަ އަދަދެއްގެ މުވައްޒަފުން ހޯދަން އިއުލާންކޮށްފިއެވެ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުުން ގެޒެޓުކޮށްފައިވާ އިއުލާނު ތަކުގައި ވަނީ 5 މަޤާމަކަށް ޖުމުލަ 11 މުވައްޒަފުން ހޯދުމަށެވެ.

މުވައްޒަފުން ހޯދުމަށް އިއުލާނުކޮށްފައިވާ މަޤާމް ތަކަކީ ހައުސްކީޕަރ، އިލެކްޓްރީޝަން، ސްޓޯރކީޕަރ، ކްލިނިކަލް އެސިސްޓެންޓް އަދި ލެބޯރަޓަރީ ޓެކްނޮލަޖިސްޓް އެވެ.

ލެބޯރަޓަރީ ޓެކްނޮލޮޖިސްޓް ގެ މަޤާމަށް 11 މާރޗް އަދި ދެންހުރި މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 10 މާރޗް 2020 ވަނަ ދުވަހުގެ 13:30 ގެ ކުރިން، އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް އޮފީހަށެވެ. އަދި ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް urh@health.gov.mv   މެދުވެރިކޮށްވެސް ބަލައި ގަނެވޭނެ ކަމަށާއި  އީމެއިލް މެދުވެރިކޮށް އެޕްލިކޭޝަން ފޯމު ހުށަހަޅާނަމަ، ފޯމާއިއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށް ފަހު، ފައިލުގައި އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ނަމާއި މަޤާމު ނަންބަރު ޖެހުމަށް ފަހު ކަމަށް އިއުލާނުގައި ބުނެފައިވެއެވެ.

http://www.gazette.gov.mv/iulaan/view/127997

http://www.gazette.gov.mv/iulaan/view/128119

http://www.gazette.gov.mv/iulaan/view/127998

http://www.gazette.gov.mv/iulaan/view/127996

http://www.gazette.gov.mv/iulaan/view/127994

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން ރ.އަތޮޅާ އެކު 4 އަތޮޅެއްގެ ރައްޔިތުން ޚިދުމަތް ހޯދަމުން އަންނަ އިރު ސަރުކާރުން ވަނީ މި ހޮސްޕިޓަލު ޓާޝިއަރީ ފެންވަރަށް ތަރައްޤީ ކުރުމަށް ނިންމާފައެވެ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަކީ މާލެ ފިޔަވާ ރާއްޖޭގައި 2 ވަނަ އަށް އެންމެ ގިނަ ބަޔަކު ޚިދުމަތް ހޯދާ ހޮސްޕިޓަލުކަން ފާހަގަކޮށްލަން ޖެހެއެވެ.

ޔޫއާރްއެޗް އަށް ގިނަ ޚިދުމަތްތަކެއް މި އަހަރު ވެސް ތައާރަފުކުރުމަށް ބަޖެޓު ކުރެވިފައި ވާއިރު އެ ހޮސްޕިޓަލުން މަޢުލޫމާތު ދޭ ގޮތުގައި އަލަށް ފެށުމަށް ތައްޔާރުވަމުންދާ ސީޓީ ސްކޭންގެ ޚިދުމަށް މިމަހު ތެރޭގައި ފެށުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close