ޓެކުނޮލޮޖީ

މޮޒިލާއިން ފުލެޝް ޕުލޭޔާ ވަގުތީ ގޮތުން ބުލޮކު ކޮށްލަނީ

ފުލެޝް ޕުލޭޔާ އުފެއްދި ކުންފުނި ކަމުގައިވާ އެޑޯބްއިން ނެރުން ސެކުއިރިޓީ އިންޒާރެއްގެ ސަބަބުން އިންޓަނެޓު ބޭނުންކުރަން ބޭނުންކުރާ އެންމެ އާންމު އެއް ބުރޯޒަރ މޮޒިލާ ފަޔަފޮކްސްއަށް ހަދާފައިވާ ފުލެޝްގެ އެޑޯން ވަގުތީގޮތުން ބުލޮކް ކޮއްލާފިއެވެ. ފަޔަފޮކޮސްއިން މިކަން އަންގާފައިވަނީ ފަޔަފޮކްސްގެ ރަސްމީ ޓުވިޓަރ އެކައުންޓްގައި ކޮށްފައިވާ ޓުވީޓެއްގައެވެ.

ފަޔަފޮކުސްގައިވާ މި ސެކިޔުރިޓީ މައްސަަލަ ފާހަގަ ކުރެވިފައިވަނީ އިޓަލީގެ ކޮމްޕިއުޓަރ ހެކްކުރާ ކުންފުންޏެއްގެ ޓީމަކުން ލީކުކޮއްލި ޑޮކިއުމެންޓްތަކެއްގެ ސަބަބުންނެވެ. އެޓީމަށް އެނގިފައިވާ ގޮތުގައި ފުލެޝް އެޑޯންގައިވާ “ބަގް” އެއްގެ ސަބަބުން އެހެނިހެން ކޮމްޕިޔުޓަރުތަކަށް ހެކަރުންނަށް އެކްސެސްވެވެއެވެ. އަދި އޭގައިވާ މައުލޫމާތާއި ޑޯކިއިމެންޓު ފަދަ އެއްޗެހި ހެކަރުންގެ އަތުޖެހެއެވެ. އެޑޯބްއިން ބުނާގޮތުގައި އެކުންފުނިން މަސައްކަތްކުރަމުން އަންނަނީ ފުލެޝްގައިވާ ސެކުއިރިޓީ މައްސަލަތައް ބަލާ އެކަންތައްތައް ރަނގަޅުކުރުމަށެވެ. އަދި އެޑޯބްއިން އެދެނީ ފުލެޝް އެޑޯން ބޭނުންކުރައްވާ ފަރާތްތަކުން ވީ އެންމެ އަވަހަކަށް އެޑޯބްގެ މި އެޑޯން އެންމެ ފަހުގެ ވާސަންއަށް އަޕްޑޭޓް ކުރެއްވުމަށެވެ.

އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
1 Comment threads
0 Thread replies
0 Followers
 
Most reacted comment
Hottest comment thread
1 Comment authors
މުނާޒު މުޙައްމަދު Recent comment authors
Close