ކޮވިޑް-19

ޚަބަރުރ.އަތޮޅުސިއްޙަތު

ދާއިމީކޮށް ދިގުމުއްދަތަށް ފަރުވާ ހޯދާ ބަލިމީހުން ހޮސްޕިޓަލަށް ވަޑައިނުގެން ބޭސް ސިޓީ އާކުރެވޭނެ އިންތިޒާމް ޔޫއާރުއެޗް އިން ހަމަޖައްސައިފި

މުޅި ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އިން ރައްކައުތެރިވުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތައް އިތުރަށް  ވަރުގަދަކުރުމުގެ ގޮތުން ދާއިމީކޮށް ދިގުމުއްދަތަށް ބޭސް ބޭނުންކުރާ ބަލިމީހުން އުނގޫފާރު ރީޖަނަލް ހޮށްޕިޓަލަށް ވަޑައިނުގެން ބޭސް ލިބޭނެ އިންތިޒާމް އެ ހޮސްޕިޓަލުން ހަމަޖައްސައިފިއެވެ.

އެހޮސްޕިޓަލުން މައުލޫމާތު ދެއްވި ގޮތުގައި ހޮސްޕިޓަލަށް ވަޑައިނުގެން އެއްމެ ފަހުގެ ބޭސް ސިޓީ ހޮސްޕިޓަލްގެ ވައިބަ ނަމްބަރ 7533303 އަށް ވައިބަރ ކޮށްލެއްވުމުން ބޭސް ސިޓީ އާކުރުމުގެ އިންތިޒާމް މިހާރުވަނީ ހަމަޖެހިފައި ކަމަށެވެ. އަދި ހޮސްޕިޓަލުން ރިޕްލައި މެސެޖް ލިބުމާއެކު އާސަންދަ ހިދުމަތް ލިބޭ ބޭސްފިހާރައަކަށް ވަޑައިގެން ބަލިމީހާގެ އައިޑީ ކާޑް ނަމްބަރު ވިދާޅުވުމުން ބޭސް ލިބޭނެ އިންތިޒާމް މިހާރު ވާނީ ހަމަޖެހިފައިކަމަށެވެ. މިކަމާއި ގުޅޭ އިތުރު މައުލޫމާތު ސާފުކޮށްލުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން ހޮށްޕިޓަލްގެ ނަމްބަރު 6580100 އަށް ގުޅުއްވުމަށް ހޮސްޕިޓަލުން އެދި ލަށްވައެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

ގުޅޭ ލިއުންތައް

avatar
Close