ކޮވިޑް-19

ކޮވިޑް-19ސިއްޙަތު

ކޮވިޑް-19 : އުނގޫފާރު ބަނދަރުގައި އަތް ދޮންނަ ތަށި ބަހައްޓައިފި

ކޮވިޑް-19 އިން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން ރަށަށް އަރާ ފައިބާ މިހުންނަށް އަތް ދޮއެވޭނޭ އިންތިޒާމް އުނގޫފާރު ކައުންސިލުން ހަމަޖައްސައިފިއެވެ.

އުނގޫފާރު ކައުންސިލުން ވަނީ އުނގޫފާރު ބަނދަރުގައި 4 ފެން އިސްކުރާއި އަތްދޮންނަ ތަށި ބަހައްޓާފައެވެ. މިއީ ގިނަބަޔަކު އަރާ ފައިބާ ރަށެއް ކަމުގައި އުނގޫފާރަށް އަންނަ ފަރާތްތަކަށް ލިބިގެންދާނެ ފަސޭހައެކެވެ.

އުނގޫފާރުގައި އަތްދޮންނަ ތަށި ބަހައްޓާފައި ވަނީ ބީއެމްއެލް އުނގޫފާރު ބްރާންޗުގެ އިރު އުތުރު ކަނާ ދިމާލުގައި މިސްކިތް މަގަށް ވާގޮތަށެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް އެޅިދާނެ އެންމެ މުހިއްމު ފިޔަވަޅެއްގެ ގޮތުން ގިނަގިނައިން އަތް ދޮވުމަށް އެޗްޕީއޭ އިން އަދި ޑަބްލިޔޫއެޗްއޯ އިން އިލްތިމާސް ކުރަމުން ދާއިރު ގިނަ ރަށްރަށަކުން އަންނަނީ ބަނދަރުގައި އަތް ދޮއެވޭނެ އިންތިޒާމް ހަމަޖައްސަމުންނެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close