ކޮވިޑް-19

ކޮވިޑް-19ސިއްޙަތު

ކޮވިޑް-19 އަށް ދިވެއްސަކު ފައްސިވެއްޖެ

ދިވެއްސަކު ފުރަތަމަ ފަހަރަށް ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ. ކޮވިޑް-19 އަށް ފައްސިވެފައި ވަނީ އިނގިރޭސި ވިލާތުން ރާއްޖެ އައި ދިވެއްސެކެވެ.

އެމަޖެންސީ އޮޕެރޭޝަން ސެންޓަރުގައި މީގެ ކުޑައިރުކޮޅެއް ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހެލްތު މިނިސްޓަރ އަބްދުﷲ އަމީން ވިދާލުވީ ކޮވިޑް-19 އަށް ފައްސިވެފައި ވަނީ 38 އަހަރުގެ މީހެއް ކަމަށާއި އޭނާ ރާއްޖެ އައި ގޮތަށް ހުރީ ހޮލިޑޭ އައިލެންޑް ރިސޯޓުގައި ޤާއިމްކޮށްފައިވާ ކަރަންޓީން ފެސިލިޓީގައެވެ.

އަމީން ވިދާޅުވީ އެ މީހާ ރާއްޖެ އައީ މިމަހުގެ 22 ވަނަ ދުވަހުއެވެ. އަދި ކަރަންޓީންކޮށްފައި ހުއްޓާ 25 ވަނަ ދުވަހު އޭނާގެ ގައިން ކޮވިޑް-19 ގެ އަލާމާތްތަކެއް ފެނިގެން ޓެސްޓްކޮށް އޭގެ ނާތީޖާ ލިބިފައި ވަނީ މިއަދު ކަމުގައި އަމީން މަޢުލޫމާތު ދެއްވިއެވެ.

އިތުރު ތަފްސީލް އަންނަނީ..

އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close