ސިއްޙަތު

ގިނައިރު އިށިއިނދެގެން ތިބޭ އަންހެނުންނަށް ކެންސަރު ޖެހުމުގެ ފުރުސަތު ބޮޑު – ދިރާސާ

ގިނައިރު އިށިއިނދެގެން ތިބޭ އަންހެނުންނަށް ކެންސަރު ޖެހުމުގެ ފުރުސަތު ބޮޑުކަމަށް “ކެންސަރ އެޕިޑެމިލޮޖީ އެންޑް ޕުރެވެންސްން” ޖޯނަލްގައި ޝާއިރުކޮށްފައި ދިރާސާއެއް ބުނެފިއެެވެ. ސެންޓަރފޯ އެނާޖީ ބެލޭންސް އެންޑް ކެންސާ ޕުރެވެންސަންގެ ޑިރެކްޓަރ ކެރެން ބެސެންއާ ހަވާލާދީ ޓުޑޭ ނޫހުގައި ބުނެފައިވާ ގޮތުގައި މީގެ ކުރިން ގިނައިރު އިށިއިނދެގެން ތިބުމުގެ ސަބަބުން ދިމާވާ ތަފާތު މައްސަލަ ތަކުގެ ވާހަކަ ދެކެވުނު ނަމަވެސް މިކަމާ ކެންސަރާ ގުޅުމެއް ވާކަމުގެ ވާހަކަ ދެކެވި އެކަމުގެ ދިރާސާތައް ކުރެވެންފެށީ މި ފަހަކަށް އައިއްސައެވެ.

މި ދިރާސާގައި ބައިވެރިވީ އުމުރުން 50 އަހަރާއި 70 އަހަރާއި ދެމެދުގެ 184،000 މީހުންނެވެ. ދިރާސާގެ ބައިވެރިންނަށް އެމީހުން މަސައްކަތުގެ މާހައުލުގައި ހޭދަކުރަނީ ކިހާ ވަގުތެެއްކަމާއި، ގޭގެ މަސައްކަތްތައް ނިންމެނީ ކިހާ އިރަކުން ކަމާއި، ކަސްރަތު ކުރަނީ ކޮން ވަގުތުތަކެއް ކަމުގައާއި، އަދި ޓީވީ ބެލުން، ފޯނު ފަދަ ތަކެއްޗާ ކުޅެން އިށިއިނދެ ތިބެނީ ކިހާވަގުތެއްގައިތޯ ސުވާލު ކުރެވިފައިވެއެވެ. އެއަށްފަހު ދިރާސާކުރާ ޓީމުން ބައިވެރިންގެ ތެރެއިން 69،260 ފިރިހެނުން 13 އަހަަރު ދުވަސް ވަންދެން އަދި 77،462 އަންހެނުން 16 އަހަރު ދުވަސް ވަންދެން އެމީހުންގެ ޞިއްހަތަށް އަންނަ ބަދަލުތައް ބަލާހެދިއެވެ.

ދިރާސާގެ ނަތީޖާ ދެއްކި ގޮތަކީ އަންހެނުންގެ ތެރެއިން ދުވާލަކު 6 ގަޑިއިރު އިށިއިނދެގެން ތިބޭ ފަރާތްތައް ދުވާލަު 3 ގަޑިއިރު އިށިއިނދެގެން ތިބޭ ފަރާތްތަކާ އަޅާބަލާއިރު ކެންސަރު ޖެހުމުގެ ފުރުސަތު 10 އިންސައްތަ އިތުރެވެ. ދުވާލަކު 6 ގަޑިއިރަށްވުރެ ގިނަ ވަގުތު އިށިއިނދެގެން ތިބޭ ފަރާތްތަކަށް އުރަމަތީގެ ކެންސަރު ޖެހުމުގެ ފުރުސަތު 10 އިންސައްތަ ބޮޑެވެ. އަދި ރަހިމުގެ ކެންސަރު ޖެހުމުހެ ފުރުސަތު 43 އިންސައްތަ ބޮޑެވެ. ދިރާސާގެ ނަތީޖާ ދެއްކި ގޮތުގައި ފިރިހެނުންނަށް މިކަމުގެ ސަބަބުން ކެންސަރު ޖެހުމުގެ ފުރުސަތު އެހާ ބޮޑެއް ނޫނެވެ.
“ފާހަގަ ކޮއްލެވޭ ގޮތުގައި ފިރިހެނުންނަށް މިކަމުގެ ސަބަބުން މާ ބޯޑު އަސަރެއް ނުކުރިނަމަވެސް ފިރިހެނުން ފިޒިކަލީ ކުރާ މަސައްކަތްތަކުގެ ސަބަބުން ކެންސަރުޖެހުމަށް މަގުފައިވާ އިތުރު ސަބަބުތަކެއް ފެންމަތިވެދާނެ. އަޅުގަނޑަށް ހީވާ ގޮތުގައި އަންހެނުންނަށް ޖެހޭ ހާއްސަ ކެންސަރުތައް ކަމުގައިވާ އުރަމަތީ އަދި ރަހިމުގެ ކެންސަރާ މަގުފަހިވާ ސަބަބަކާ އިށިއިނދެވޭ ގޮތަކާއި ގުޅިފައިވަނީ.” ކެރެން ބެސެން ވިދާޅުވި ކަމުގައި ޓުޑޭ ނޫހުގައިވެއެވެ. އަދިވެސް އޭނާ ވިދާޅުވި ގޮތުގައި ދިރާސާގެ ނަތީޖާގެ ސައްޙަކަން ބިނާވެފައިވާނީ ދިރާސާގެ ބައިވެރިންނާ ކުރެވުނު ސުވާލުތަކަށް އެމީހުން ދީފައިވާ ޖަވާބުތަކުގެ ސައްޙަކަމުގެ މައްޗަށް ކަމުގައެވެ. އެއީ މުޅި ދިރާސާ ބިނާވެފައިވަނީ އޭގެ މައްޗަށް ކަމުގައި ވާތީއެވެ.

އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close