ކޮވިޑް-19

ކޮވިޑް-19ސިއްޙަތު

ހުރަވަޅި ރިސޯޓުން ކޮވިޑް-19 އަށް ޝައްކު ކުރެވޭ 2 މީހުން ފެނިއްޖެ

ރ.އަތޮޅު ދަ ސްޓޭންޑާޑް ހުރަވަޅި ރިސޯޓުން ކޮވިޑް-19 އަށް ޝައްކުކުރެވޭ 2 މީހުން ފެނިއްޖެއެވެ. ދަރުބާރުގޭގައި ކުޑަ އިރުކޮޅެއް ކުރިން ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް-19 ގެ ތަރުޖަމާނު މަބުރޫކް އަބްދުލް އަޒީޒް ވިދާޅުވީ އެ ރިސޯޓުން ޝައްކުވާ 2 މީހުންގެ ސާންޕަލް ނެގުމަށް މިހާރު ވަނީ ރިސޯޓު މޮނީޓަރިންގެ ހާލަތަށް ގެންގޮސްފައެވެ.

އެ ރިސޯޓުން ކޮވިޑް-19 ގެ އަލާމަތްތައް ފެނިފައިވާ 2 މީހުންނަކީ އެ ރިސޯޓުގެ މުވައްޒަފުން ކަމެއް ނުވަތަ ފަތުރުވެރިން ކަމެއް ހާމައެއް ނުކުރެއެވެ.

މީގެ ކުރިން ރ.އަތޮޅު ފުރަވެރި ރިސޯޓުން އަދި ފައިނުން ވަނީ 2 މީހަކު ކޮވިޑް-19 އަށް ޝައްކުވެގެން ޓެސްޓުކޮށްފައެވެ. އެ އެންމެންގެ ނަތީޖާވެސް ނެގެޓިވްއެވެ.

ރާއްޖޭގައި މިހާތަނަށް 17 މީހަކު ކޮވިޑް-19 އަށް ފައްސިވެފައި ވާއިރު އޭގެ ތެރެއިން 11 މީހަކު މިހާރު ވަނީ ރަނގަޅުވެފައެވެ. އަދި ބާކީ ތިބި 6 މީހުން ތެރެ 4 މީހަކަށް ރާއްޖޭގައި ފަރުވާ ދެމުން ދާއިރު އަނެއް 2 މީހުން ކޮވިޑް-19 ޖެހިފައިވާ ކަން އެނގިފައި ވަނީ އެ 2 މީހުން ރާއްޖެއިން ފުރި ފަހުންނެވެ.

އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close