ކޮވިޑް-19

[covid-19-global-overview]
ޚަބަރުރ.އަތޮޅު

އަމާޒު ބޯޓުގެ ކައްޕިއާ ކޮންޓެކްޓްވި މީހަކު ރ.މާކުރަތުގައި

“އަމާޒު” ބޯޓުގެ ކައްޕިއާ ކޮންޓެކްޓްވެފައިވާ މީހަކު ރ.މާކުރަތުގައި ހުރުމުން އޭނަގެ ސާންޕަލް ނެގުމުގެ މަސައްކަތް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ ޕަބްލިކްހެލްތު ޔުނިޓުން ފަށައިފިއެވެ.

ޕަބްލިކުް ހެލްތުން އުނގޫފާރު.ކޮމް އަށް މަޢުލޫމާތު ދިން ގޮތުގައި މި މީހާ އަކީ އަމާޒު ބޯޓުން ދަތުރުކުރި މީހެއް ނޫނެވެ. އެހެން ނަމަވެސް މި މީހާ ވަނީ 15 ވަނަ ދުވަހު މާލޭގައި އެ ބޯޓުގެ ކައްޕިއާއެކު ވަގުތު ހޭދަކޮށްފައެވެ. އަމާޒު ބޯޓުގެ ކައްޕިއާއި އޭނަގެ އާއިލާގެ ބައެއް މެންބަރުން މިހާރު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ.

އުނގޫފާރު.ކޮމް އަށް މަޢުލޫމާތު ދެމުން ޔޫއާރްއެޗްގެ ޕަބްލިކް ހެލްތުން ބުނި ގޮތުގައި އެމީހާގެ ސާންޕަލް ނެގުމު މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.  އުނގޫފާރު.ކޮމް އަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި މީހާ އަންނަނީ ސާމްޕަލް ދިނުމަށް ދެކޮޅު ހަދަމުންނެވެ. އެހެން ނަމަވެސް މިކަން ރަސްމީ ފަރާތަކުން އަދި ކަށަވަރެއް ނުކޮށްދެއެވެ.

އަމާޒު ބޯޓުން ދަތުރު ކުރި މީހަކު ރ.އިނގުރައިދޫގައި ހުރުމުން އެ މީހާގެ ސާންޕަލް ވެސް މިއަދު ވަނީ ނަގާފައެވެ. މި މީހާ އިނގުރައިދޫއަށް ގޮސްފައި ވަނީ އަމާޒު ބޯޓުން ނ.ހޮޅުދޫއަށް ފޭބުމަށް ފަހުއެވެ.

މިމަހުގެ 15 ވަނަ ދުވަހު މާލެއިން ފުރި އަމާޒު ބޯޓާ ގުޅޭ ކޮންޓެކްޓް ޓްރޭސިން ފަށާފައި  ވަނީ އެ ބޯޓުގެ ކައްޕި ކޮވިޑް-19 އަށް ފައްސިވުމާ ގުޅިެންނެވެ. 98 މީހަކު ދަތުރު ކުރި އެބޯޓުން ގިނަ ބަޔަކު ވަނީ އުތުރުގެ އަތޮޅުތަކުގެ ގިނަ ރަށްރަަށަށް ފައިބާފައެވެ.

އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
1 Comment threads
2 Thread replies
0 Followers
 
Most reacted comment
Hottest comment thread
3 Comment authors
މާކުރަތު ދަރިޔެއްMohamedމާކުރަތު މީހާ Recent comment authors
މާކުރަތު މީހާ
Guest
މާކުރަތު މީހާ

Eyna vanee sample dheyn dhekolhu hadhaafa,, adhi eyna dhanee mulhi rashuga eburemun.. Geyga madeh nuvey..

Mohamed
Guest
Mohamed

Aree kaaku tha

މާކުރަތު ދަރިޔެއް
Guest
މާކުރަތު ދަރިޔެއް

އޭނާ ހައްޔަރު ކުރޭ މާލޭގައި ހަދާހެން!

Close