ޚަބަރު

މިއަހަރުގެ ފިޠިރު ޢީދު ނަމާދު ގޭގައި ކުރާ ގޮތަށް ހަމަޖައްސައިފި

މި އަހަރުގެ ފިޠުރު ޢީދު ނަމާދު ގޭގައި ކުރާ ގޮތަށް އިސްލާމިކް މިނިސްޓްރީން ހަމަޖައްސައިފިއެވެ.  އިސްލާމިކް މިނިސްޓްރީން ނެރުނު ސާކިއުލާއެއްގައި ބުނެފައިވާ ގޮތުގައި މި ގޮތަށް ހަމަޖައްސާފައި ވަނީ މިހާރު ރާއްޖޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ވައިރަހުގެ ސަބަބުން ގިނަ ބަޔަކު އެއްތަނަކަށް އެއްވެ އުޅުމަކީ ރައްކާތެރިކަމަށްނުވާތީއެވެ.

އިސްލާމިކް މިނިސްޓްރީން ނެރުނު ސާކިއުލާގައި ބުނެފައިވާ ގޮތުގައި ޝަރުޢީ އުޒުރެއްގެ ސަބަބުން ޢީދު ނަމާދުގެ ޢާންމު ބޮޑު ޖަމާޢަތް ޤާއިމް ނުކުރެވޭނެ ފަދަ ޙާލަތެއް މެދުވެރިވެއްޖެ ނަމަ، ފަރުދީގޮތުން ގޭގައި ތިބެގެން ޢީދު ނަމާދު ކުރުން ޝަރުޢުވެގެންވާ ކަމަށާއި ޝަރުޢީ އުޒުރެއްގެ ސަބަބުން ޢީދު ނަމާދުގެ ޖަމާޢަތް ފާއިތުވެއްޖެ ނަމަ އަނަސްގެ ފާނު ގޭގައި އަހުލުންނާއެކު ޢީދު ނަމާދު ކުރައްވާކަން ޞައްޙަ ރިވާޔަތްތަކުން ވާރިދުވެގެން އައިސްފައިވެއެވެ.

އިސްލާމިކް މިނިސްޓްރީގެ ސާކިއުލާގައި ބުނެފައި ވަނީ ޢީދުގެ ބޮޑު ޖަމާޢަތް  ނުހެދުނު ކަމުގައި ވިޔަސް ގޭގައި ޢީދު ނަމާދު ކުރުމަށާއި، ގިނަގިނައިން ތަކުބީރު ކިޔާ، ދުޢާކޮށް، ޝަރުއީ ހަމަތަކުގެ މަތިން ރައްކާތެރިކަމާއެކު ގޭގެ އަހުލުންނާއެކު ޢީދުގެ އުފާ ފާޅުކުރުމަށް ހުރިހާ ރައްޔިތުންނަށް ނަސޭހަތްތެރިވާ ކަމަށެވެ.

އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
1 Comment threads
0 Thread replies
0 Followers
 
Most reacted comment
Hottest comment thread
1 Comment authors
abdul latheef Recent comment authors
abdul latheef
Guest
abdul latheef

bali neh rahrashugai keevvegenbaa jamaa athuga namaadhu nukurevenvee. emme fahun America in bali filaigen dhandhen ves thigothah dheme hettidhaane

Close