ކޮވިޑް-19

[covid-19-global-overview]
ކުޅިވަރު

އުނގޫފާރުގެ ކުޅިވަރު ދަނޑުތައް ހުޅުވާލައިފި

ރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުޔެއް ދިނުމަށް ނިންމާފައިވާ ނިންމުގެ ދަށުން މޮނީޓަރިންގެ ހާލަތުގައި ނެތް ރަށްރަށުގައި ކުޅިވަރު ކުޅުމުގެ ހުއްދަ ދީފައި ވާތީ އުނގޫފާރުގެ ކުޅިވަރު ކުޅޭ ދަނޑުތަކާއި ކޯޓުތައް ހުޅުވާލުމަށް އުނގޫފާރު ކައުންސިލުން ނިންމައިފިއެވެ.

އުނގޫފާރު ކައުންސިލުން ރައްޔިތުންނާ މަޢުލޫމާތު ޙިއްސާ ކުރުމަށް ހަދާފައިވާ ރަސްމީ ވައިބާ ގުރޫޕުގައި ހާމަކޮށްފައިވާ ގޮތުގައި ކޮވިޑް-19 އާ ގުޅިގެން މޮނީޓަރިންގެ ހާލަތުގައި އޮތް ރަށެއްގެ ގޮތުގައި އުނގޫފާރު ލިސްޓު ކުރެވިފައިވާ ނުވާތީ އާއި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެންޕަވަރމެންޓްގެ ނަންބަރު 03/2020 ގެ ދެންނެވުމުގައި މޮނީޓަރިންގެ ހާލަތުގައި ނެތް ރަށްރަށުގައި ކުޅިވަރު ކުޅުމުގައި އިޢުތިރާޒެއް ނެތް ކަމަށް ދަންނަވާފައި ވާތީ އުނގޫފާރު ކޮވިޑް-19 ޓާސްކު ފޯހުގެ މަޝްވަރާއާ އެކު ކުޅިވަރު ކުޅޭ ދަނޑުތަކާއި ކޯޓުތައް ހުޅުވާލަން ނިންމާފައިވާ ކަމަށެވެ.

އުނގޫފާރު ކައުންސިލުން ހާމަކުރި ގޮތުގައި 28 މެއި އިން ފެށިގެން ކުޅިވަރު ކުޅޭ މައިދާންތައް ހުޅުވާލަން ނިންމާފައި ވާއިރު އެތަންތައް ހުޅުވިފައި ހުންނާނީ ހަވީރު 16:00 އިން 18:00 އަށެވެ. މީގެ އިތުރުން ކައުންސިލުން އިރުޝާދު ދީފައިވާ ގޮތުގައި ކުޅިވަރު ކުޅޭ މައިދާންތަކުގައި އުޅޭ އިރު ގައިދުރު ކަމަށާއި ސާފުތާހިރު ކަމަށް އިސްކަން ދިނުމަށާއި ރޯގާގެ އެއްވެސް ޢަލާމާތެއް ހުރި ނަމަ އެފަދަ ތަންތަނަށް ނުދިޔުމަށެވެ.

އަދި މީގެ އިތުރުން ކުޅިވަރު ކުޅޭ މައިދާންތަކުގައި ކުޅިވަރު ކުޅެން ފެށުމުގެ ކުރިންނާއި ކުޅިވަރު ކުޅުމަށް ފަހު މަޑުކޮށްގެން ނުތިބުމަށް ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ. މި އުޞޫލްތަކުގެ ދަށުން ކުޅިވަރު ކުޅުމުގެ ހުއްދަ ދީފައިވީ ނަމަވެސް ކައުންސިލުން ބުނި ގޮތުގައި އެއްވެސް ޓީމެއްގައި ސްކޫލްގެ ދަރިވަރުން ބައިވެރި ނުކުރެވޭނެއެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close