ކޮވިޑް-19

[covid-19-global-overview]
ކޮވިޑް-19ސިއްޙަތު

އުނގޫފާރުން ނެގި ރެންޑަމް ސާންޕަލްތައް ނެގެޓިވް

އަތޮޅު ތެރޭގައި ކޮވިޑް-19 ގެ ކޮމިއުނިޓީ ސްޕްރެޑެއް އުޅޭތޯ ބެލުމަށް މިހާރު ފަށާފައިވާ އެކްޓިވް ސަވޭލެންސް ޕްރޮގުރާމްގެ ދަށުން އުނގޫފާރުން ނެގި ރެންޑަމް ސާންޕަލްތަކުގެ ނަތީޖާ ނައްސިވެއްޖެއެވެ.

އުނގޫފާރު ޕަބްލިކް ހެލްތުން މަޢުލޫމާތު ދިން ގޮތުގައި އުނގޫފާރުން ވަނީ ރެންޑަމްކޮށް 60 ސާންޕަލް އެއް ނަގާފައެވެ. އެ ހުރިހާ ސާންޕަލްގެ ނަތީޖާ ވެސް ލިބިފައިވާއިރު އެންމެން ވެސް ނެގެޓިވްއެވެ. ޕަބްލިކް ހެލްތުން މަޢުލޫމާތު ދިން ގޮތުގައި ރޯގާގެ އަލާމާތްތައް ހުރި އިތުރު 2 މީހެއްގެ ސާންޕަލް އިއްޔެ ވަނީ ޓެސްޓު ކުރުމަށް ފޮނުވާފައެވެ. މި 2 ސާންޕަލްގެ ނަތީޖާ އަދި ނުލިބެއެވެ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް އެޗްޕީއޭ އާއި ރަށްރަށުގެ ޓާސްކު ފޯސްތައް ގުޅިގެން އެޅި ފިޔަވަޅުތަކަށް ލުޔެއް ދިނުމަށް ނިންމާފައި ވާއިރު ކުރިއަށް އޮތް ދުވަސްތަކުގައި މާލޭ ސަރަހައްދުގައި އަޅާފައިވާ ފިޔަވަޅުތައް ފިޔަވަހިތަކަކަށް ބަލާލައިގެން ލުއި ދިނުމަށް އެޗްޕީއޭ އިން ވަނީ ނިންމާފައެވެ. އެޗްޕީއޭ އިން ބުނި ގޮތުގައި މި ލުއިތައް ދެމުންދާ އިރު މި ބަލި އިތުރަށް ފެތުރުނަ ނުދިނުމަށް އެޅެން ހުރި ހުރިހާ ފިޔަވަޅުތަކެއް ދާނީ އަޅަމުންނެވެ.

ރާއްޖޭގައި މިހާތަނަށް 1841  މީހުން މި ބައްޔަށް ފައްސިވެފައި ވާއިރު މި މީހުންގެ ތެރެއިން 608 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. އޭގެ ތެރެއިން 7 މީހުން ވަނީ ނިޔާވެފައެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close