ޚަބަރު

އުފާ ރޯދަކުއިޒްގެ ނަތީޖާ ފާޅުކުރުމާއި ގުރުއަތުލުން މާދަމާރޭ

އުނގޫފާރު ފޯސްޓަރިން އެވެއާނެސް އެސޯސިއޭސަން (އުފާ) އިން ހުސްވި ރަމަޟާން މަހު ބޭއްވި ދީނީ ސުވާލު މުބާރާތުގެ ނަތީޖާ ފާޅުކުރުމާއި ގުރުއަތުލުން މާދަމާ ރޭ ބާއްވާގޮތަށް ހަމަޖެހިއްޖެއެވެ.

ރަމަޟާން މަހުގެ 30 ދުވަހު ކޮންމެ ދުވަހަކު 5 ސުވާލު ކުރާ ގޮތަށް ކުރިއަށް ގެންދިޔަ މި މުބާރާތުގައި ޖުމްލަ  150 ސުވާލު ވަނީ ކޮށްފައެވެ. އެހެން ނަމަވެސް ސުވާލު ނަންބަރު 5ގެ އިހުތިޔާރީ ޖަވާބު ތަކުގެ ތެރޭގައި ރަނގަޅު ޖަވާބު ހިމެނިފައި ނުވާތީ އެ ސުވާލު ފަހުން ވަނީ އުނިކޮށްފައެވެ. އެހެން ކަމުން މި މުބާރާތުގެ ޖުމްލަ ސުވާލުގެ އަދަދަކީ 149 އެކެވެ.

178 ބައިވެރިން ބައިވެރިވި މި މުބާރާތުގެ 149 ސުވާލުގެ ޖަވާބު ދިމާކޮށްފައި ވަނީ 14 ބައިވެރިއެކެވެ. އެހެން ކަމުން މުބާރާތުގެ 1 ވަނަ، 2 ވަނަ އަދި 3 ވަނަ ހޮވާނީ މި 14 ބައިވެރިންގެ މެދުގައި ނެގޭ ގުރުއަތަކުންނެވެ. މުބާރާތުގެ 1 ވަނަ، 2 ވަނަ އަދި 3 ވަނައަށް ކޮންމެ ވަނައަކަށް ވެސް 1500ރ ގެ ފައިސާގެ އިނާމް ކަނޑައަޅާފައިވެއެވެ.

މާދަމާ ރޭ އޮންނަ މުބާރާތުގެ ގުރުއަތުލުން އުނގޫފާރު.ކޮމް ގެ ފޭސްބު ޕޭޖުން ލައިވް ކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

އުފާ ރޯދަ ކުއިޒް އަކީ އުފާ އިން ދީނީ ހޭލުންތެރިކަމާއި މަޢުލޫމާތު އިތުރު ކުރުމުގެ މަޤުސަދުގައި 1437 ވަނަ އަހަރުގެ ރަމަޟާން މަހުން ފެށިގެން ކޮންމެ އަހަރަކު ބާއްވަމުން އަން މުބާރާތެކެވެ. މިއީ އުފާއިން ޖެހިޖެހިގެން މި މުބާރާތް ބޭއްވި 5 ވަނަ ފަހަރެކެވެ.

މި މުބާރާތާ ބެހޭ ގޮތުން އުނގޫފާރު.ކޮމް އަށް މަޢުލޫމާތު ދެއްވަމުން އުފާގެ އެޑިއުކޭޝަން ޑިރެކްޓާރ ތޯހާ ހުސެއިން ބުނި ގޮތުގައި މި މުބާރާތް މިހާ ކާމިޔާބުކަމާ އެކު ކުރިއަށް ގެންދިއުމުގައި އުފާގެ ޓެކްނިކަލް ޓިމާއި އެހެނިހެން ހެޔޮއެދޭ ފަރާތްތަކުން ކުރި ބުރަ މަސައްކަތް ފާހަގަކޮށް އެފަރާތްތަކަށް ޝުކުރު އަދާކުރާ ކަމަށެވެ. އަދި ވޭތުވެ ދިޔަ އަހަރުތަކާއި މި އަހަރުގެ މުބާރާތުގެ ސުވާލުތަށް ތައްޔާރުކުރެއްވުމުގެ ބުރަ މަސައްކަތް ކުރައްވާފައި ވާތީ އުނގޫފާރު ސްކޫލްގެ އިސްލާމް ޓީޗަރ އަލީ މާހިރު އަށް ވަރަށް ޙާއްސަ ސުކުރެއް އަދާކުރާ ކަމަށެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close