ޚަބަރު

ފޮލޯމީ އުފާ ރޯދަ ކުއިޒްގެ ގުރުއަތުލުން ބާއްވާ، ވަނަތައް ހޮވައިފި

އުނގޫފާރު ފޯސްޓަރިން އެވެއާނެސް އެސޯސިއޭސަން (އުފާ) އިން ހުސްވި ރަމަޟާން މަހު ބޭއްވި ދީނީ ސުވާލު މުބާރާތް (އުފާ ރޯދަ ކުއިޒް 1441) ގެ ހުރިހާ ސުވާލެއްގެ ޖަވާބު ދިމާކޮށްފައިވާ 14 ބައިވެރިންގެ މެދުގައި ގުރުއަތުލައި 1 ވަނަ، 2 ވަނަ އަދި 3 ވަނަ ހޮވައިފިއެވެ.

ހޯމަ ދުވަހުގެ 21:00 ގައި ކުރިއަށް ދިޔަ މި ގުރުއަތުލުމުގެ ރަސްމިއްޔާތު އުނގޫފާރު.ކޮމް ގެ ފޭސްބުކް ޕޭޖުން ވަނީ ވަގުތުން ދުރަށް ދައްކާފައެވެ. މި ގުރުއަތުލުމުގައި އުފާ ރޯދަ ކުއިޒްގެ ބައިވެރިން ޕޯޓަލްގައި ރަޖިސްޓްރީ ވާއިރު ލިބޭ އައިޑީ ނަންބަރު ވަނީ ރޯލްކޮށްފައެވެ. ގުރުއަތުން ހޮވުނު 3 ބައިވެރިންނަކީ އަފްސާހް އިބްރާހިމް، އެހުރު، ފ.ނިލަންދޫ، މަރިޔަމް ފާއިޒާ، ކެނެރީވިލާ، ފ.ނިލަންދޫ އަދި އަބްދުލް އަހަދު އަބްދުލް ރަޝީދު، ކެނެރީވިލާ، ފ.ނިލަންދޫ އެވެ.

ރަމަޟާން މަހުގެ 30 ދުވަހު ކޮންމެ ދުވަހަކު 5 ސުވާލު ކުރާ ގޮތަށް ކުރިއަށް ގެންދިޔަ މި މުބާރާތުގައި ޖުމްލަ  150 ސުވާލު ވަނީ ކޮށްފައެވެ. އެހެން ނަމަވެސް ސުވާލު ނަންބަރު 5ގެ އިހުތިޔާރީ ޖަވާބު ތަކުގެ ތެރޭގައި ރަނގަޅު ޖަވާބު ހިމެނިފައި ނުވާތީ އެ ސުވާލު ފަހުން ވަނީ އުނިކޮށްފައެވެ. އެހެން ކަމުން މި މުބާރާތުގެ ޖުމްލަ ސުވާލުގެ އަދަދަކީ 149 އެކެވެ.

178 ބައިވެރިން ބައިވެރިވި މި މުބާރާތުގެ 149 ސުވާލުގެ ޖަވާބު ދިމާކޮށްފައި ވަނީ 14 ބައިވެރިއެކެވެ. އެހެން ކަމުން މުބާރާތުގެ 1 ވަނަ، 2 ވަނަ އަދި 3 ވަނަ ހޮވާނީ މި 14 ބައިވެރިންގެ މެދުގައި ނެގޭ ގުރުއަތަކުންނެވެ. މުބާރާތުގެ 1 ވަނަ، 2 ވަނަ އަދި 3 ވަނައަށް ކޮންމެ ވަނައަކަށް ވެސް 1500ރ ގެ ފައިސާގެ އިނާމް ކަނޑައަޅާފައިވެއެވެ.

އުފާ ރޯދަ ކުއިޒް އަކީ އުފާ އިން ދީނީ ހޭލުންތެރިކަމާއި މަޢުލޫމާތު އިތުރު ކުރުމުގެ މަޤުސަދުގައި 1437 ވަނަ އަހަރުގެ ރަމަޟާން މަހުން ފެށިގެން ކޮންމެ އަހަރަކު ބާއްވަމުން އަން މުބާރާތެކެވެ. މިއީ އުފާއިން ޖެހިޖެހިގެން މި މުބާރާތް ބޭއްވި 5 ވަނަ ފަހަރެކެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.
avatar
Close