Uncategorizedކޮވިޑް-19

ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 2000 އިން މައްޗަށް، ބަލިން ރަނގަޅުވާ ރޭޓް މައްޗަށް

ރާއްޖޭގައި ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު 2003 އަށް އަރައިފިއެވެ. އެންމެ ފަހުން އިއްޔެ ކޮވިޑް-19 އަށް ފައްސިވެފައި ވަނީ 14 ދިވެހިންނާއި ބަނގުލަދޭޝް 12 މީހުންނާއި އިންޑިއާ މީހެކެވެ.

ކުރިއާ އަޅާ ބަލާއިރު ރާއްޖޭގައި ކޮވިޑް-19 އަށް ފައްސިވާ މީހުންގެ އަދަދު މަދުވެފައި ވާއިރު އަންނަ ހޯމަ ދުވަހުން ފެށިގެން ފުރަބަންދަށް ލުއިތަކެއް ދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. އެ ގޮތުން މާލޭ ސަރަހައްދުގައި ކުރިން ހުއްދައެއް ނެގުމެއް ނެތި ގެއިން ބޭރަށް ނުކުތުމުގެ ހުއްދަ ލިބިގެންދާނެއެވެ.

ފުރަބަންދަށް ލުއިތަކެއް ދިން ނަމަވެސް ރައްކާތެރި ކަމުގެ ފިޔަވަޅުތަކަށް އިސްކަން ދިނުމަށް ސަރުކާރުން އިލްތިމާސް ކުރެއެވެ.

ރާއްޖޭގައި މި ބައްޔަށް ފައްސިވި މީހުންގެ ތެރެއިން މިހާރު ފަރުވާ ދެމުން ދަނީ 800 މީހުންނެވެ. 1193 މީހުން މި ބަލިން ރަނގަޅުވެފައި ވާއިރު 8 މީހަކު ވަނީ މި ބަލީގައި ނިޔާވެފައެވެ.

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close