ޚަބަރުރ.އަތޮޅުސިޔާސީ

ވައްޑޭ މިފަހަރުވެސް ހުރިހައި ޖަލްސާ އަކަށް ވަޑައިގެންނެވި

ރައްޔިތުންގެ މަޖިލިސް

19 ވަނަ މަޖިލީހުގެ 2020 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ ޖަލްސާ ތަކުގެ ހާޒިރީ މަޖިލީހުގެ ވެބްސައިޓްގައި އާއްމުކޮށްފިއެވެ. އާއްމުކޮށްފައިވާ ހާޒިރީއަށް ބަލާއިރު ހުރިހައި ޖަލްސާ އަކަށްވެސް އުނގޫފާރު ދާއިރާގެ އިއްޒަތްތެރި މެމްބަރު މުހައްމަދު ވަހީދު ވަޑައިގެން ހާޒިރީން ސައްތައިންސައްތަ ވަނީ ހޯއްދަވައިފިއެވެ.

މިދައުރުގައި ޖަސްލާތަކައް ވަޑައިގެންނެވުމުގެ އިތުރުން ވައްޑޭ ވަނީ މަޖިލީހުގައިވެސް އުފެއްދުންތެރި މައްސައްކަތްތަކެއްވެސް ކުރައްވާފައެވެ. މަޖިލީހުގައި ވައްޑޭ ހަތަރު ކޮމެޓީއެއްގައި ހިމެނި ވަޑައިގަންނަވައެވެ. އޭގެތެރޭގައި ހިމެނެނީ

19 ވަނަ ރައްޔިތުންގެ މަޖިލީހުގައި މެމްބަރު މުހައްމަދު ވަހީދު ކުރައްވާފައިވާ ބައެއް މަސައްކަތްތަކަށް ބަލާއިރު

19 ވަނަ މަޖިލީހުގެ 2019 ވަނަ އަހަރުގެ ފުރަތަމަ ދައުރުގައި 47 ޖަލްސާއެއް ބާއްވާފައިވާއިރު ހުރިހައި ޖަލްސާ އަކަށްވެސް މުހައްމަދު ވަހީދު ވަނީ ވަޑައިގެންފައެވެ. އަދި ޖުމުލަ 17 ފަހަރު ބަހުސްގައި ބައިވެރިވެ ވަޑައިގަންފައިވެއެވެ.

ކެމްޕެއިންގައި ވީ ވައުދާ އެއްގޮތަށް ވައްޑޭދަނީ ބަރާބަރަށް ދާއިރާގެ ރައްޔިތުންގެ ގާތަށް ޒިޔާރާތް ކުރަމުންނެވެ. އެގޮތުން މަޖިލީހުގެ ފުރަތަމަ ދައުރުގެ ތެރޭގައި ދާއިރާގެ 3 ރަށަށް 4 ފަހަރު ޒިޔާރަތް ކޮށްފައިވެއެވެ.

19 ވަނަ މަޖިލީހުގެ 2019 ވަނަ އަހަރުގެ ފަހު ދައުރުގައި 33 ޖަލްސާއެއް ބާއްވާފައިވާއިރު ހުރިހައި ޖަލްސާ އަކަށްވެސް މުހައްމަދު ވަހީދު ވަނީ ވަޑައިގެންފައެވެ.

މަޖިލިސް ހާޒިރީން ވައްޑޭ އަށް 100 ޕަސެންޓް

 

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ޖަލްސާގެ ހާޒިރީ 26 އޮގަސްޓު 2019 ގައި ފާސްކުރެއްވި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 243 ވަނަ މާއްދާގައި ވާގޮތުން މަޖިލީހުގެ ރައީސްގެ ހުއްދައާއި އެކު، ސަލާމާއި ޗުއްޓީގައި ތިބޭ މެންބަރުން ފިޔަވައި، މެންބަރުން މަޖިލީހުގެ މަސައްކަތަށާއި މަޖިލީހުގެ ޖަލްސާތަކަށް ހާޒިރުވާންވާނެއެވެ. މަޖިލީހުގެ ސަލާމާއި ޗުއްޓީގައި ތިބޭ މެންބަރުން ފިޔަވައި، އެ މަހެއްގެ ތެރޭގައި ބޭއްވޭ ޖަލްސާތަކުގެ 1/2 )ދެބައިކުޅަ އެއްބައި) ޖަލްސާތަކަށް މެންބަރަކު ހާޒިރުނުވެއްޖެނަމަ، އެ މެންބަރެއްގެ މުސާރައިގެ %50 )ފަންސާސް އިންސައްތަ) އަށްވާ މިންވަރު ކަނޑަންވާނެއެވެ.

19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ ރ އަތޮޅު ތަމްސީލުކުރައްވާ އަނެއް 4 މެމްބަރުންގެ ތެރެއިން އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަންއަހުމަދު 2 ދުވަހު ސަލާމުގައި ހުންނެވިއިރު އަނެއް ތިން މެމްބަރުންވެސް ވަނީ ހުރިހައި ޖަލްސާއަކަށް ވަޑައިގަންނަވާފައެވެ.

 

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ފައުންޑަރ މެމްބަރ އަދި ފުރަތަމަ ދެ ދައުރުގެ ރައީސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
1 Comment threads
0 Thread replies
0 Followers
 
Most reacted comment
Hottest comment thread
1 Comment authors
ބަދަތްވެއް Recent comment authors
ބަދަތްވެއް
Guest
ބަދަތްވެއް

މިހާތަނައް މިދާއިރާއައް ހޮވި އެންމެ ނާގާބިލް ތާކުންތާކު ނުޖެހޭ ކަނޑުކޮސް މިހާރުގެ މެމްބަރަކީ

Close