ޚަބަރު

އަނގޮޅިތީމް ބަޔަކު ކައްޓެޅި ބާނައިފި

އަނގޮޅިތީމް ބަޔަކު ކައްޓެޅި ބާނައިފިއެވެ. މި މަސް ބާނާފައި ވަނީ އިއްޔެގެ ވަގުތެއްގައި އަނގޮޅިތީމް އިރުމަތީ ފަރާތު ބޭރުންނެވެ.

އުނގޫފާރު.ކޮމް އަށް މަޢުލޫމާތު ލިބުން ގޮތުގައި މި މަސް ބާނާފައި ވަނީ އަނގޮޅިތީމްގެ އިރުމަތީ ފަރާތު ބޭރަށް ވަރަށް ފުނަށް ނަނު ފައްތައިގެން އެ ރަށު 4 މީހުންނެވެ. އެމީހުން 2 ކައްޓެލި ބާނާފައިވެއެވެ.

ކައްޓެޅި (އިނގިރޭސި ބަހުން: Promethichthys prometheus)ނުވަތަ (އިނގިރޭސި ބަހުން: Promethean  Escolar) އަކީ އަތޮޅުން ބޭރު މާކަނޑުތަކުގައި ވަރަށް ފުނުގައި އުޅޭ މަހެކެވެ. މިއީ ރާއްޖޭގެ ބައެއް ހިސާބުތަކުން ރޭގަނޑު ފުނަށް ނަނު ފައްތައިގެން ކުރާ ކެޔޮޅު ކަމުގައި ބޭނޭ މަހެކެވެ. މިމަސް ބޭނުމުގައި އެންމެ ފާހަގަ ކުރެވެނީ ޏ. ފުވައްމުލަކު މީހުންނެވެ. އެރަށު މަސްވެރިން ރޭގަނޑު ނަނު ފައްތައިގެން މިމަސް ބާނައިގެން ގަރުދިޔަ ކައްކައިގެން ކާން ބޭނުން ކުރެއެވެ. ބައެއް މީހުން މި މަހުން ރިހަވެސް ކައްކަ އެވެ.

މިއީ ކަށި ވަރަށް ގިނަ އެހެނަސް ކާން ވަރަށް މީރު މަހެކެވެ. މިއީ ބާނާފައި ރޮލަށް ހުރުމުން ވަރަށް އަވަހަށް ކުނިވާ މަހެއްކަން ފާހަގަ ކުރެވެއެވެ. ކައްޓެޅި އަކީ ދިގުކޮށް ފަތިކޮށް ހުންނަ މަހެކެވެ. މަހުގެ އަނގަ ބޮޑުވެފައި ކޮޅަށް އޫ ވަރުގަދަ ދަތްތަކެއް ހުރެއެވެ. މަހުގެ ލޯ ބޮޑެވެ. ކަންފަތް ކުރެވެ. މަހުގައި ހުންނަނީ ވަރަށް ތުނި ހުޅުނބު ތަކެކެވެ.

އަނގޮޅިތީމް ބަޔަކު ބޭނި ކައްޓެޅި

މަހުގެ ކުލައަކީ ގަދަ މުށި ކުލައެވެ. މަހުގެ މުޅި ހަށިގަނޑުގައި ވައިލެޓް ދިހުން ކުލައެއް ހުރެއެވެ. އެހެނަސް މަސް މަރުވުމުން، މިކުލަ ފަނޑު މުށިކުލައަކަށް ބަދަލުވެއެވެ. މަހުގެ ބުރަކަށި މަތީ ފުރަތަމަ ކޮތަރިބައިގެ ކަށިތަކުގެ ދޭތެރޭގެ ފުރަތަމަ ދުލިފަށް ހުންނަނީ ކަޅު ކުލައިގައެވެ. އެހެނިހެން ކޮތަރިބައިތައް ހުންނަނީ ކަޅު މުށި ކުލައިގައެވެ.

މިމަސް އެންމެ ބޮޑުވަނީ 1 މީޓަރަށެވެ. ނަމަވެސް ގިނައިން ފެނިފައި ހުންނަ އެންމެ ބޮޑެތި މަހުގައި ހުންނަނީ ގާތްގަނޑަކަށް 40 ސެންޓި މީޓަރުއެވެ. ކައްޓެޅި އަކީ އާންމު ގޮތެއްގައި 750-100 މީޓަރާއި ދެމެދުގެ ފުނުގައި އުޅޭ މަހެކެވެ. މަހުގެ ކާނާއަކީ އެކި ޒާތްޒާތުގެ ކުދިމަހާއި، ކަކުނި ފާނޑުގެ ސޫތްޕެވެ.

މަޢުލޫމާތު: ވިކިޕީޑިއާ

ޓެގް
އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
1 Comment threads
0 Thread replies
0 Followers
 
Most reacted comment
Hottest comment thread
1 Comment authors
ސްމޭޝް/ ފުވައްމުލައް Recent comment authors
ސްމޭޝް/ ފުވައްމުލައް
Guest
ސްމޭޝް/ ފުވައްމުލައް

ފުވައްމުލަކުގައި ބާނާ ގިނަ ކައޓެޅި މަހުގެ ސައިޒު 2-3 ފޫޓުވަރު ހުރޭ. އެކަމަކު ބޮޑު ކައްޓެޅީގައި 4 ފޫޓާއި 5 ފޫޓު ވެސް ހުރޭ. ވިމާ އެއީ ގާތްގަދަކަސް 22 މީޓަރު ކަމަށް ބެލިދާނެ. ވިކީޕިޑިއާގައި ކައްޓެޅިގެ ސައިޒު ގެ މައުލޫމާތު ރަނގަޅުކަމަކަށް ނުދެކެނެ.

Close