ޚަބަރު

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ގިނަދުވަހު ޚިދުމަތްކޮށްފައިވާ ޑޮކްޓަރަކު ނިޔާވެއްޖެ

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި 15 އަހަރު ޚިދުމަތް ކޮށްފައިވާ ޑރ. ޕްރަގާޝް ރަގަވާލޫ މިއަދުގެ ވަގުތެއްގައި ނިޔާވެއްޖެވެ. މިކަން ހާމަވެފައި ވަނީ ޑރ.ޕްރަގާޝްގެ ދަރިއަކު ފޭސްބުކްއި ކޮށްފައިވާ ޕޯސްޓަކުންނެވެ. ޑރ.ޕްރަގާޝް ނިޔާވެފައި ވަނީ އިންޑިއާގައެވެ.

ޑރ. ޕްރަގާޝް ނިޔާވި ހިތާމަވެރި ހަބަރު ހާމަކުރަމުން ޑރ.ޕްރަގާޝްގެ ދަރިއަކު ފޭސްބުކްގައި ޕޯސްޓްކޮށްފައިވާ ފޮޓޮއެއް

ޑރ. ޕްރަގާޝް ނިޔާވި އިރު ވެސް މަސައްކަތް ކުރަމުން ދިޔައީ އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައެވެ. ޑރ. ޕްރަގާޝް ވަނީ މީގެ 8 މަސް ކުރިން ސިއްޙީ ހާލުކޮޅު ގޯސްވެގެން ފަރުވާ ހޯދުމަށް އިންޑިއާއަށް ބަދަލުވެފައެވެ.

ޑޮކްޓަރު ޕްރަގާޝް މަސައްކަތް ކުރަމުން ދިޔައީ ޔޫއާރްއެޗްގެ އެތެރެހަށީގެ ބަލިތަކާ ބެހޭ ޑިޕާޓްމެންޓުގައެވެ. ޑރ. ޕްރަގާޝް ޔޫއާރްއެޗްއިން ޚިދުމަތް ހޯދާފައިވާ ގިނަ ބަޔަކު ދަންނަ ދެކެފަރިތަ މޫނެވެ.

ޑރ. ޕްރަގާޝްއާ އެކު މަސައްކަތް ކޮށްފައިވާ އެހެން ޑޮކްޓަރެއް ކަމުގައިވާ ޑރ.ރާއޯ ފޭސްބުކުގައި ލިޔެފައިވާ ގޮތުގައި ޑރ.ޕްރަގާޝް އިންޑިއާގެ ކޮއިންބަރސްޓޯރުގައި ހުންނަ ޕީއެސްޖީ ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ ނޭވާލާން އުނދަގޫވެގެން ބުދަ ދުވަހުގެ ރެއެވެ. އަދި ޕްރަގާޝް އަށް ވަނީ ވެންޓިލޭޓަރުގައި ފަރުވާދީފައެވެ. އަދި ޕްރަގާޝް ހާލު އިއްޔެ ރަނަގަޅުވަމުން ގޮސްފައިވީ ނަމަވެސް ރޭގެ ވަގުތެއްގައި އެނާގެ ހާލު ވަނީ އިތުރަށް ގޯސްވެފައެވެ. ޑރ. ޕްރަގާޝް ނިޔާވެފައި ވަނީ މިއަދުގެ ހެނދުނު 9:45 ހާ އިރުއެވެ.

ޑރ.ރާއޯ ލިޔެފައިވާ ގޮތުގައި ޑރ. ޕްރަގާޝް ނިޔާވެފައި ވަނީ ހިތުގެ ބައްޔަށާއި، ލޭގައި އިންފެކްޝަން އުފެދުމާއި އެތެރެ ހަށީގެ ގުނަވަންތައް ފެއިލްވުން ފަދަ ބަލިތަކަށް ފަރުވާ ހޯދަމުންނެވެ.

އިތުރަށް ވިދާޅުވުމަށް

މުނާޒު މުޙައްމަދު

އުނގޫފާރު ފޯސްޓެރިން އެވެއާނެސް އެސޯސިއަން (އުފާ) ގެ މެމްބަރެކެވެ. އުނގޫފާރު ޑޮޓް ކޮމްގެ ހުރިހާ ކޮންޓެންޓެއް މެނޭޖް ކުރުމުގައި އިސްކޮން ހަރަކާތްތެރިވާ އެޑިޓަރެވެ. އަދި މި ނޫހުގެ ވެބް ޑިޒައިނަރ އަދި ޕުރޮގރާމަރއެވެ.

ގުޅޭ ލިއުންތައް

avatar
Close