ޚަބަރުރ.އަތޮޅުދީން

އުނގޫފާރު އިސްލާމީ މަރުކަޒުގައި ލަރނިންގ ސެންޓަރއެއް ޤާއިމުކުރުމާ ބެހޭގޮތުން މަޝްވަރާކޮށްފި

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލަރ ޑރ.އިބްރާހިމް ޒަކަރިއްޔާ މޫސާއި ޔުނިވަރސިޓީގެ އިސްވެރިން، މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ.އަޙްމަދު ޒާހިރު ޢަލީ އާއި މިއަދު ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުމަކީ އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް އިން ރ. އުނގޫފާރު އިސްލާމީ މަރުކަޒުގައި ލަރނިންގ ސެންޓަރއެއް ޤާއިމުކުރުމާ ބެހޭގޮތުންނާއި، ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒުގެ މަސައްކަތްތަކާ ބެހޭގޮތުންނާ އަދި ކިންގ ސަލްމާން މިސްކިތުގެ ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ބޭއްވި ބައްދަލުވުމެކެވެ.

ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޑރ.އިބްރާހިމް ޒަކަރިއްޔާ މޫސާ ވިދާޅުވިގޮތުގައި އިސްލާމީ ޔުނިވަރސިޓީގެ މަސައްކަތްތައް ފުޅާކުރުމުގެ ގޮތުން ވަރަށް ގިނަގުނަ މަސައްކަތްތަކެއް ކުރިއަށްދާކަމުގައި ވިދާޅުވިއެވެ. މިގޮތުން ރ.އުނގޫފާރު އިސްލާމީ މަރުކަޒުގައި ލާރނިން ސެންޓަރެއް ޤާއިމްކުރުމަކީ ވަރަށް މުހިއްމުކަމެއް ކަމުގައި ފާހަގަކުރެއްވިއެވެ. މިކަމުން އަތޮޅުތަކުގައި ތިބޭ ދަރިވަރުންނަށް ޢިލްމު ފޯރުކޮށްދިނުމަށް އިތުރު މަގެއް ފަހިވެގެންދާނެ ކަމެއްކަމުގައި އެމަނިކުފާނު އަލިއަޅުވާލެއްވިއެވެ. ހަމައެހެންމެ ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒުގެ ކަންކަން ހަރުދަނާކޮށް ހަރުދަނާ ނިޒާމެއްގެ ދަށުން ހިންގުމާއި އަދި ކިންގް ސަލްމާން މިސްކިތުގައި އިސްލާމީ ޔުނިވަރސިޓީގެ ފަރާތުން އަދާކުރެވިދާނެ ދައުރަކާއި ގުޅޭގޮތުންވެސް މަޝްވަރާކުރައްވާފައިވެއެވެ.

އިސްލާމިކް މިނިސްޓަރ އުނގޫފާރު އިސްލާމިކް ސެންޓަރުގެ މަސައްކަތް ބައްލަވާލައްވައިފި

ޑރ.އަޙްމަދު ޒާހިރު ޢަލީ، މި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ވިދާޅުވިގޮތުގައި އިސްލާމިކް މިނިސްޓްރީއާއި މިނިސްޓްރީގެ މުވައްޒަފުންގެ ކުރިއެރުމަށް އިސްލާމީ ޔުނިވަރސިޓީ އަކީ ވަރަށް މުހިއްމު ތަނެއްކަމުގައި ވަނީ ވިދާޅުވެފައެވެ. މިގޮތުން އިމާމުން ތަމްރީނު ކުރުމަށް އިސްލާމީ ޔުނިވަރސިޓީގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވެފައިވާކަން ފާހަގަކުރެއްވިއެވެ. އަދި މި ފުރުޞަތުގައި އައިޔޫއެމްގެ ފަރާތުން މިނިސްޓްރީއަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް އެކަމަށް މިނިސްޓަރ ވަނީ ޝުކުރުދަންނަވާފައެވެ.

މިސްކިތްތަކުގެ އިމާމުން ތަމްރީނުކުރުމަށް މިނިސްޓްރީން ނިންމާފައިވުމާއެކު، އިމާމުން ޑިގްރީ ފެންވަރަށް އައިޔޫއެމްގައި ކިޔަވައިދިނުމަށް ހަމަޖައްސަންޖެހޭ މަސައްކަތަކުގެ ވަރަށް ބޮޑު ބައެއް ނިމިފައިވާ ކަމަށް ޑރ.އިބްރާހިމް ޒަކަރިއްޔާ މޫސާ ވިދާޅުވިއެވެ. އަދި މިފަދަ ތަމްރީނުތަކަށް އައިޔޫއެމްގެ ފަރާތުން ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމުގެ ފުރިހަމަ ޔަގީންކަން މިނިސްޓަރ އަށްވަނީ އަރުވާފައެވެ. ބައްދަލުވުން ނިންމަވާލައްވަމުން މިނިސްޓަރ އާއި ބައްދަލުވުމަށް ފުރުޞަތުދެއްވިކަމަށްޓަކައި ވަރަށް އިޚްލާޞްތެރި ޝުކުރެއްވަނީ އަދާކުރައްވާފައެވެ.

މަސްދަރު: ގަވް.އެމްވީ

ޓެގް
އިތުރަށް ވިދާޅުވުމަށް

އިބްރާހީމް ޒަޔާން

އުނގޫފާރު ފޯސްޓެރިންގް އެވެޔާނެސް އެސޯސޮއޭސަން (އުފާ) ގެ ފައުންޑަރ މެމްބަރ އަދި ފުރަތަމަ ދެ ދައުރުގެ ރައީސް އެވެ. އުފާ ނިވްސް ޓީމްގެ ފަރާތުން ޙަބަރުތައް ގެނެސްދިނުމުގައި އެންމެ އިސްކޮށް އުޅުއްވާ އެއް ނޫސްވެރިޔާއެވެ. ހުރިހާ ދާއިރާއެއްގެ ޙަބަރުތައްވެސް ލިޔުއްވުމުގެ އިތުރުން ވާހަކަ ލިޔުމަށް ޝަޢުގުވެރިކަން ހުންނަވައެވެ.

ގުޅޭ ލިއުންތައް

avatar
Close